ސިޔާސީ ވާހަކަފުޅެއް ވިދާޅުނުވެ ވަރަށްގިނަ ދުވަހު ހުންނެވުމަށްފަހު، އަންނަ ރިޔާސީ އިންތިޚާބުގައި ދަރިކަލުން ފާރިސް މައުމޫނަށް ތާޢީދުކުރައްވާކަން ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ހާމަކުރައްވައިފިއެވެ.

މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ފާރިސް މައުމޫނުގެ ތާޢީދު ފޯމުގައި އެމަނިކުފާނާއި އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ސޮއިކުރައްވާފައިވާނެކަމަށެވެ.

ފާރިސް އިންތިޚާބުގައި ވާދަކުރައްވަނީ އަމިއްލަގޮތުންނެވެ. އޭނާ ރައީސްކަން ކުރައްވާ ބައްޕާފުޅުގެ ޕާޓީގައި ޤާނޫނީ އަދަދަށް މެމްބަރުން ހަމަނުވާތީ ޕާޓީ އުވާލަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ. ބައްޕާފުޅާއި މައްމާފުޅުގެ ތާޢީދު ފާރިސަށް އޮތަސް އެއްބަނޑުއެއްބަފާ އަނެއް ތިންބެއިން ތިއްބެވީ ފާރިސާ އިދިކޮޅު ތިން ފިކުރެއްގައެވެ. ދުންޔާ މައުމޫން ކާނަލް ނާޒިމްގެ އެމްއެންޕީގައި ހުންނެވިއިރު ޔުމްނާ މައުމޫން ހުންނެވީ ރައީސް ޞާލިޙުގެ ފަހަތްޕުޅުގައި ސަރުކާރުގައެވެ. ކޮށްކޯފުޅު ގައްސާން މައުމޫން ހުންނެވީ ރައީސް ޔާމީންގެ ޕީޕީއެމްގައެވެ.



ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރަން ނިންމަވައި ފާރިސް މައުމޫންގެ ރަނިންމޭޓަކަށް ޑރ. އަބްދުއްސައްތާރު ޔޫސުފް ވަނީ ހަމަޖައްސަވާފައެވެ.

ޑޮކްޓަރ އަބްދުއްސައްތާރު ޔޫސުފަކީ، ޞިއްޙީ ދާއިރާގައި ދިގު މުއްދަތެއްގައި ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވުމުގެ އިތުރުން، ޑަބްލިޔުއެޗްއޯގައި 17 ވަރަކަށް އަހަރު ޚިދުމަތް ކުރަށްވައި، ހިންގުމުގެ ދާއިރާގެ ފަންނީ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން