އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްދާ އއ.އުކުޅަސް ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

އެމްޓީސީސީން ބުނީ މިމަޝްރޫޢުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ ޗަރޓަރކުރެވިފައިވާ ޑްރެޖަރ ”ފިލިޕޯ ބްރުނެލޭޝީ“ ބޭނުންކޮށްގެން ކަމަށެވެ. އއ. އުކުޅަސް ބިން ހިއްކުމަށް މި ޑްރެޖަރ މޮބިލައިސްކުރެވިފައި މިވަނީ ހއ. އިހަވަންދޫއާއި ށ. މަތި ކޮމަންޑޫގެ ބިން ހިއްކާ ނިންމުމަށްފަހުއެވެ.

މި މަޝްރޫޢުގެ ދަށުން، 13 ހެކްޓަރުގެ ބިން ހިއްކުމާއި، 1,692 މީޓަރުގެ ސޭންޑް ބަންޑެއް ހެދުން ހިމެނޭ. އަދި 1,054 މީޓަރުގެ ރިވެޓްމަންޓްއަކާއި އަދި 80 މީޓަރުގެ ގްރޮއިންސްޖެހުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް އެމްޓީސީސީން ހާމަކޮށްފައިވެއެވެ.

އއ.އުކުޅަސް ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުއަކީ 67.21 މިލިޔަން ރުފިޔާގެ މަޝްރޫޢުއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން