ޖުމްހޫރީ ޕާޓީގެ މެމްބަރުކަމުން ޓޫރިޒަމް މިނިސްޓަރު އަބްދު ﷲ މައުސޫމް ވަކިވެވަޑައިގެންފިއެވެ.

މައުސޫމް ވިދާޅުވީ އޭނާ ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންނެވީ މިއަދު ހަވީރުކަމަށެވެ. ޕާޓީން ވަކިވެވަޑައިގެންނެވިކަން ހާމަކުރެއްވި ޓްވީޓްގައި މައުސޫމް ވަނީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމަށް ޝުކުރު އަދާކުރައްވާފައެވެ.



މައުސޫމް ޖޭޕީން ވަކިވެވަޑައިގެންފައިވާއިރު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސާލިހަށް ތާއީދުކުރަން އޭނާ ނިންމަވާފައިވާކަން މީގެކުރިން ވަނީ ހާމަކޮށްފައެވެ.

ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމަށް މައުސޫމް އައްޔަންކުރީ، އެ މަގާމުގައި ކުރިން ހުންނެވި އަލީ ވަހީދު އެ މަގާމުން ވަކިކުރުމަށްފަހުއެވެ.

މައުސޫމް އަކީ މީގެ ކުރިން ޑީއާރުޕީ އަދި ޖުމްހޫރީ ޕާޓީގައި ހަރަކާތްތެރިވެ ވަޑައިގެންފައިވާ ބޭފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން