މި ސަރުކާރުން ވެފައިވާ 90 އިންސައްތަ ވައުދު ފުއްދިފައިވާކަމަށާއި، އެހެންކަމުން މިއީ މިހާތަނަށް އުފެދުނު އެންމެ ކާމިޔާބު ސަރުކާރު ކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންެ އެ އަތޮޅު ހުޅުދެއްޔަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސާލިހު ވިދާޅުވީ އެމްޑީޕީގެ ކޯލިޝަނަކީ މިހާތަނަށް ރިޔާސީ އިންތިޚާބަށް ނިކުތް އެންމެ ބޮޑު ކޯލިޝަންކަމަށެވެ. އެގޮތުން މިހާރު ވެސް އެ ކޯލިޝަންގައި 80،000 މެމްބަރުން އެބަތިބި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޯލިޝަންގެ ބައިވެރިން ތިބީ އެއް ވިސްނުމެއްގައި ކަމަށާއި އެއީ ރައްޔިތުންނަށް ހިދުމަތް ކުރުންކަމަށެވެ.

"މި ސަރުކާރުގެ ވިސްނުމަކީ ވެސް އެއީ. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ 2018 ވަނަ އަހަރު އަޅުގަނޑުމެން ވައުދުތަކެއް ވިން. އެ ވައުދުތަކުގެ %90 އިރާދަކުރެއްވިއްޔާ މިއަދު ވަނީ ނިމިފައި" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ވެފައިވާ ވަޢުދުތަކުގެ 90 އިންސައްތަ ނިމިފައިވާކަމަށެވެ. އެގޮތުން ބޮޑެތި ހުރިހާ ވައުދެއް ފުއްދިފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ވައުދުތައް ފުއްދުމާއެކު މިއީ އެންމެ ކާމިޔާބު ސަރުކާރުކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން