މަސައްކަތް މި ކުރަނީ ގެދޮރުވެރިޔާ ޕްރޮގްރާމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓް މާދަމާ އިއުލާންކުރުމަށްކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

މާލެ މީހުންނާއި، މާލޭގައި ދިރިއުޅޭތާ 15 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ފަރާތްތަކަށް ހާއްސަކޮށްގެން 4000 ފުލެޓް ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

އަކްރަމް ވިދާޅުވީ މަސައްކަތް ކުރަނީ މާދަމާ ލިސްޓް ނެރުމަށް ކަމަށެވެ.

މާލޭ ސަރަޙައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށައެޅުމަށް މިދިޔަ އަހަރުގެ ޖޫންމަހުގެ 26 ވަނަ ދުވަހު ހުޅުވާލި ފުރުޞަތު ހަމަވީއިރު 35،861 ފޯމް ހުށައަޅާފައިވެއެވެ.

ބޯހިޔާވަހިކަމަށް އެދި ފޯމް ހުށައެޅުމުގެ މުހުލަތު ހަމަވިއިރު ހުށައަޅާފައިވާ 35،861 ފޯމްގެ ތެރޭގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން 3 ކޮޓަރީގެ އެޕާޓްމަންޓަށް 14،489 ފޯމާއި، 2 ކޮޓަރީގެ އެޕާޓްމަންޓަށް އެދި 6،208 ފޯމް ވަނީ ހުށައަޅާފައެވެ.

މި ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ޖޭއެމްސީން މިހާރު އިމާރާތް ކުރަމުން އަންނަނީ އަށް ޓަވަރެވެ. ބާކީ އަށް ޓަވަރު ފުރިހަމަ ކުރާނީ އެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން