ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައި ތިއްބަސް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ކާމިޔާބު ލިބިވަޑައިގަންނަވަނެ ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

އަލީ ޒާހިރު މިއަދު ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ގިނަ ކެންޑިޑޭޓުންތަކެއް ވާދަކުރެއްވުމުން ދޭހަވަނީ ރާއްޖޭގެ ޑިމޮކްރަސީގެ ވަރުގަދަކަންކަމަށެވެ. މީގެއިތުރުން އެއީ ރާއްޖޭގައި އޮތް ހަމަޖެހުމާއި އަމާންކަން ދައްކުވައިދޭ ކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަލީ ޒާހިރު ވިދާޅުވީ ރައީސް ސާލިހުގެ ވަޢުދުތައް ފުއްދަވާފައިވާކަމަށާއި، އަމާން ރާއްޖެއެއް ހޯއްދަވައިދެއްވުމަށް ކުރަށްވާ މަސައްކަތް ކާމިޔާބުވާނެކަން ޔަގީންކަމަށެވެ.



މި ފަހަރުގެ އިންތިހާބުގައި 8 ކެންޑިޑޭޓުން ވާދަކުރުމަށް ވަނީ ނަން ހުށަހަޅާފައެވެ. މިއީ 2008 ވަނަ އަހަރު އަމަލުކުރަން ފެށި ގާނޫނުއަސާސީގެ ދަށުން ގިނަ ކެންޑިޑޭޓުން ވާދަކުރުާ ރިޔާސީ އިންތިހާބެއްގައި އެންމެ ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރާ އިންތިހާބެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން