ވެރިކަމުގެ ދެވަނަ ދައުރެއްގައި ކުޑަހުވަދޫގައި އިސްލާމީ މަރުކަޒެއް އަޅުއްވައިދެއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް ސާލިޙު ވިދާޅުވެއްޖެއެވެ.

ދ. ކުޑަހުވަދޫގައި މިރޭ ބޭއްވި "އުފާވެރި އަމާން ރާއްޖެ" ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވަނީ އެމަނިކުފާނު ވެރިކަމުގެ ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފިނަމަ ކުޑަހުވަދޫއަށް ކޮށްދެއްވާނެ ބައެއް ކަންތައްތަކުގެ ތަފްސީލް ހިއްސާ ކުރަށްވާފައެވެ. އެގޮތުން ރައީސް ވިދާޅުވީ ވެރިކަމުގެ ދެވަނަ ދައުރެެއްގައި ކުޑަހުވަދޫގައި އިސްލާމީ މަރުކަޒެއް އަޅުއްވައި ދެއްވާނެ ކަމަށެވެ. އަދި ކުޑަހުވަދޫގައި ޒުވާނުން ކުޅިވަރު ކުޅުމަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެެވެ.



އެމަނިކުފާނު ވިދާޅުވީ، ކުޑަހުވަދޫގައި މިހާރު ހަދަމުންދާ މަގުތަކުގެ އިތުރުން ބާކީ ހުރި ހުރިހާ މަގުތަކެއްގައި ތާރު އަޅައި ނިއްމައި ދެއްވާނެ ކަމަށެވެ. އަދި ކުޑަހުވަދޫއިން މިހާރު ދޫކޮށްފައިވާ ގޯތި ތަކަށް އަމާޒުކޮށްގެން ރަނގަޅު ހައުސިން ސްކީމެއްގެ ދަށުން ލުއި ލޯނު ދޫކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ކުޑަހުވަދޫ އިން ދޫކޮށްފައިވާ ގޯތިތަކަށް އަމާޒުކޮށް ރަނގަޅު ހައުސިން ސްކީމެއްގެ ދަށުން ލުއިގޮތެއްގައި ލޯނު ލިބި އެގޯތި ތަކުގައި ގެދޮރު އެޅޭނެ ގޮތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އަންނަ ދައުރު ތެރޭގައި ހަމަޖައްސައިދޭނަން،" ކުޑަހުވަދޫގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި އެ ޖަލްސާގައި ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން