އެމްޑީޕީން މި އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުކުރި މެނިފެސްޓޯގެ ފުރަތަމަ ސިޔާސަތު މިރޭ އާންމުކޮށްފި އެވެ.

ކުޑަހުވަދޫގައި މިރޭ ބޭއްވި "އުފާވެރި އަމާން ރާއްޖެ" ކެމްޕޭން ޖަލްސާގައި މެނިފެސްޓޯގެ ފުރަތަމަ ސިޔާސަތު އިފްތިތާހުކޮށްދެއްވީ، ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހެވެ.

މި މެނިފެސްޓޯ އެކުލަވާލަައިފައިވަނީ ފަސް ސިޔާސަތަކަށް ބިނާކޮށެވެ. އޭގެތެރޭގައި ހިމެނެނީ އުފާވެރި ދިރިއުޅުމާއި، އަމާން މުޖުތަމައު އާއި ޒުވާނުންގެ އާޖީލާއި އިގުތިސާދީ ބޮޑު ބަދަލު އަދި ހެޔޮވެރިކަމެވެެ. މިރޭގެ ޖަލްސާގައި މެނިފެސްޓޯ އެކުލަވާލާފައިވާ ސިޔާސަތުގެ ތަފްސީލްތައް ވެސް ވަނީ ހާމަކޮށްފައެވެ.

އެމްޑީޕީން އާންމު ކުރި މެނިފެސްޓޯގެ މުހިންމު ސިޔާސަތުތަކުގެ ތެރޭގައި މަތީ ތައުލީމު ހާސިލުކުރުމަށް ސަރުކާރުން ދޭ ސްޓޫޑެންޓް ލޯނު ދެއްކުން ބުރައަކަށް ވެފައިވާ ދަރިވަރުންނަށް ލޯނު މާފުކޮށްދިނުމާއި ހިލޭ ޑިގްރީ ޕްރޮގްރާމަށް ވެސް ބަދަލު ގެނެސް، ސެޓްފިކެޓް ލެވަލް 1 އިން ފެށިގެން ޑިގްރީއާ ހަމައަށް ހިލޭ ކިޔެވޭ ގޮތަށް ބަދަލުކުރުން ހިމެނެއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން