އިހުލާސްތެރިކަމާއި ތެދުވެރިކަމާ މެދު ޝައްކެއް އުފެދޭ ވަރުގެ އެއްވެސް ކަމެއް އޭނާގެ ކިބަޔަކުން ނުފެންނާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރަނިން މޭޓު، މުހައްމަދު އަސްލަމް މިރޭ ވިދާޅުވެއްޖެއެވެ.

ދ. ކުޑަހުވަދޫގައި މިރޭ ބޭއްވި "އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރަނިން މޭޓު، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވަނީ، އޭނާއަށް ފުރިހަމައަށް އިތުބާރު ކުރެއްވުމަށް ރައީސްގެ އަރިހުންނާއި އެމްޑީޕީގެ މެމްބަރުން ކިބައިން އެދިވަޑައިގެންފައެވެ. އަދި އޭނާގެ އިހުލާސްތެރިކަމާ މެދު ޝައްކެއް އުފެދޭ އެއްވެސް ކަމެއް ފެނިގެން ނުދާނެ ކަމުގެ ޔަގީންކަން އަސްލަމް ވަނީ ދެއްވާފައެވެ.

މީގެ އިތުރުން މިޖަލްސާގައި އަސްލަމް ވަނީ ރައީސަށް ވަރަށް ބޮޑަށް ތައުރީފް ކުރަށްވާފައެވެ. ރައީސް ސާލިޙާއި އެކު ވަރަށް ގިނަ އަހަރު ތަކެއް ވަންދެން މަޖިލީހުގައި އެެއްކޮށް މަސައްކަތް ކުރައްވާފައިވާ އަސްލަމް ވިދާޅުވީ އެމަނިކުފާނުގެ އެންމެ ރަނގަޅު ސިފަޔަކީ ކެތްތެރިކަމާއި މަޑުމައިތިރި ކަމާއެކު ކަންތައްތައް ނިންމެވުން ކަމަށެވެ. އަދި މި ސަރުކާރުގެ އެންމެ ބޮޑު ކާމިޔާބީ އަކީ ރައީސްގެ ހަރުދަނާ ލީޑަރޝިޕް ކަމަށް އަސްލަމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން