ލާދީނީ ފިކުރު ގެންގުޅުނު، ޑެންމާކަށް ދިޔަ ކަލޭގެ އެމްޑީޕީން ދޫކޮށް ހިނގައްޖެކަމަށާއި އެމްޑީޕީއަކީ މިއަދު ލާދީނީ ޕާޓީއެއްކަމަށް ނުބުނެވޭނެކަމަށް އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

އެމްޑީއޭއިން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީއާއެކު ކޯލިޝަން ހަދާފައެވެ. ރައީސް ސާލިހަށް ތާއީދު ހޯދުމަށް ކުޑަހުވަދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ އެމްޑީޕީއާއެކު ކޯލިޝަން ހެދުމަކީ ގޯސް ނިންމުމެއް ކަމަށް ބައެއް މީހުން ބުނަމުންދާކަމަށެވެ.

ސިޔާމް ވިދާޅުވީ ލާދީނީކޮށް އުޅުނީ ވަކި ބަޔަކު ކަމަށާއި، އެމީހުން މިއަދު އެމްޑީޕީ ދޫކޮށް ހިނގައްޖެކަމަށެވެ.

"ލާދީނީ ފިކުރު ގެންގުޅުނު، ޑެންމާކަށް ދިޔަ ކަލޭގެ އެމްޑީޕީ ދޫކޮށް ހިނގައްޖެ. އަޅުގަނޑުމެން ލާދީނީ މީހުންނާއެކު ނޫޅޭނަން. ދިވެހިން ބޭނުމެއްވެސް ނުވޭ ލާދީނީ މީހުންނާއެކު އުޅޭކަށް،" ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ ރައީސް ސާލިހަކީ ދުވަހަކުވެސް ދީނަށް ނުވަތަ ރަސޫލާ (ސއވ) އަށް ފުރައްސާރަކުރާނެ މީހެއް ނޫންކަމަށެވެ. އަދި އެފަދަ މަންޒަރެއް ދުވަހަކުވެސް އެމަނިކުފާނުގެ ފަރާތުން ރައްޔިތުންނަށް ނުފެންނާނެކަމަށްވެސް ސިޔާމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން