ގެދޮރު އިމާރާތް ކުރަން ލޯނު ދޫކުރާނެ ހާއްސަ ބޭންކެއް ގާއިމުކޮށް، ދޫކުރާ ލޯނުގެ އިންޓަރެސްޓު ހަ ޕަސެންޓަށް ވުރެ އިތުރު ވިޔަ ނުދޭނެ ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ "އުފާވެރި ދިރިއުޅުން" މެނިފެސްޓޯ ސިޔާސަތުގައި ހިމަނައިފިއެވެ.

ކުޑަހުވަދޫގައި އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި އާންމުކުރި ސިޔާސަތުގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން މުހިންމު ކަންތައްތަކެއް ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި މިހާރު އިއުލާނުކޮށްފައިވާ ގެދޮރުވެރިޔާ ލޯނުގެ އުސޫލު މުރާޖައާކޮށް ލޯނު ދޫކުރެވޭ އަދަދު އެއް މިލިއަން ރުފިޔާއަށް އިތުރުކޮށް، ލުއިފަސޭހަ ނިޒާމަކުން ލޯނު ލިބޭނެ މަގު ތަނަވަސް ކުރަން ވަނީ ނިންމާފައެވެ.

އެމްޑީޕީން ހާމަކުރި އެ ސިޔާސަތުގެ ދަށުން ގެދޮރުވެރިކުރުވުމާއި ބިންވެރިކުރުމުގެ ސިޔާސަތު މުޅި ރާއްޖެއަށް ފުޅާކުރުމަށް ބިން ދަތި ރަށްރަށުގައި ބިން އިތުރުކުރުމަށާއި ބިން ދަތި ރަށްރަށުގައި ހައުސިންގް ޔުނިޓްތައް ގާއިމުކުރުމާއި ފުދުންތެރިކަން ކުޑަ ފަރާތްތަކަށް އިސްކަންދީގެން ކައުންސިލް ހައުސިންގް ތައާރަފްކުރަން ވަނީ ހިމަނާފައެވެ.

މީގެ އިތުރުން ހައުސިންގ ފައިނޭންސް ފޯރުކޮށްދިނުމަށް ހާއްސަ ބޭންކެއް ގާއިމުކޮށް، ދިރިއުޅުމުގެ ބޭނުމަށް ފުރަތަމަ ފަހަރަށް ބޯހިޔާވަހިކަމެއް ހޯދުމަށް ނެގޭ ލޯނުގެ އިންޓަރަސްޓް 6 އިންސައްތައަށްވުރެ ގިނަ ނުވާނެހެން، 10 ޕަސަންޓް އިކުއިޓީގައި ފޯރުކޮށްދިނުމާއި ގެދޮރުވެރިޔާ ލޯނުގެ އުސޫލު މުރާޖައާކޮށް ލޯނު ދޫކުރެވޭ އަދަދު 1 މިލިއަން ރުފިޔާއަށް އިތުރުކޮށް، ލުއިފަސޭހަ ނިޒާމަކުން ލޯނު ލިބޭނެމަގު ތަނަވަސްކުރުމާއި އަތޮޅުތެރޭގައި ހުހަށް ހުންނަ ގޯތިގެދޮރު، އެ ތަންތަނުގެ ވެރިފަރާތުން ބޭނުންވާނަމަ، އެ ތަންތަނުން ނަފާ ލިބޭނެ ގޮތް ފަހިކުރުން އެމްޑީޕީގެ އެ ސިޔާސަތުގެ ތެރޭގައި ހިމެނެއެވެ. އަދި ރިއަލް އެސްޓޭޓް މާކެޓް ރެގިއުލޭޓްކޮށް، ކަނޑައެޅޭ މިންގަނޑަށް ރިއަލް އެސްޓޭޓް ޑިވެލޮޕް ކުރާ ފަރާތްތައް ސަރުކާރުން ސެޓިފައިކޮށް، ބޯހިޔާވަހިކަން ގަންނަ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުން ވެސް އެމްޑީޕީގެ އުފާވެރި ދިރިއުޅުން ސިޔާސަތުގެ ތެރޭގައި ހިމަނާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން