ހުވަދު އަތޮޅު ދެކުނުބުރީ މަޑަވެލީގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ކެމްޕެއިން ޖަލްސާ ބާއްވަން ތައްޔާރުކޮށްފައި އޮތްތަން ބަޔަކު ހުޅުޖަހައި އަންދާލައިފިއެވެ.

ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ކެމްޕޭނު ދަތުރުގައި ހުވަދު އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މަޑަވެއްޔަށް ވަޑައިގެން އެ ރަށުގައި ޖަލްސާ ބާއްވަން އޮތީ ކަނަޑައެޅިފައެވެ. އެކަމަށްޓަކައި މަޑަވެލީގައި އެމްޑީޕީގެ ޖަގަހައެއް ޒީނަތްތެރިކޮށް ޖަލްސާއަށް ތައްޔާރުކޮށްފައިވަނިކޮށް ރޭ ދަންވަރު ބަޔަކުވަނީ އެތަނުގައި ހުޅުޖަހައި އަންދާލާފައެވެ.

މިޙާދިސާ ހިނގިއިރު އަދި ރައީސް ޞާލިޙު ހުވަދުއަތޮޅަށް ވަޑައެއް ނުގަންނަވައެވެ. އެމަނިކުފާނު މިވަގުތު ހުންނެވީ ދ. އަތޮޅުގައެވެ. ހުވަދުއަތޮޅަށް ވަޑައިގަންނަވާނީ މިއަދުގެ ވަގުތެއްގައެވެ. އެއަތޮޅުގެ ފުރަތަމަ މަންޒިލަކީވެސް މަޑަވެއްޔެއެވެ.

އެމްޑީޕީ ޖަގަހަވަނީ އަނދާ އަޅިއަށްވެފައެވެ. އެތަނުގައި ހުޅިޖެހިކަމަށް ބެލެވެނީ މެންދަމުން އަލިވެ، 3 ގެ ފަހުންކަމަށް މަޢުލޫމާތުލިބެއެވެ. އަލިފާން ރޯވިކަން އެނގުމާއެކު ފަތިހު ރައްޔިތުންގެބަޔަކު ނުކުމެވަނީ އަލިފާން ނިއްވާލާފައެވެ.

މިމައްސަލަ ފުލުހުން އަންނަނީ މިހާރު ތަހުޤީޤުކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން