ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އާ ދައުރުގެ މެނިފެސްޓޯގައި މަތީ ތަޢުލީމުގެ ލޯނު މަޢާފުކުރުމާއެކު މިދާއިރާއިން ބޮޑެތި ލުއިތަކެއް ދިނުމަށް ކަނޑައަޅައި މުހިންމު ސިޔާސަތުތަކެއް ހާމަކުރައްވައިފިއެވެ.

އެގޮތުން މަތީ ތައުލީމާއި ތަމްރީނަށް ދޫކުރާ ލޯނު އެހީގެ އުސޫލު މުރާޖައާކޮށް، ކަނޑައެޅޭ މިންގަނޑެއްގެ ތެރެއިން ލޯނު ދައްކަން އޮންނަ މިންވަރެއް މައާފުކުރާނެކަން ވަނީ ކާމަކޮށްފައެވެ. އަދި ލޯނު އަނބުރާ ދައްކަން ލިބޭ ގްރޭސް ޕީރިއަޑް އިތުރުކުރާނެކަމަށާ، ލޯނު ފުރުސަތުގެ ދަށުން ކިޔަވަން ފުރުސަތު ދޭއިރު ރާއްޖޭގައި މިހާރު ޕްރޮފެޝަނަލީ ހަރަކާތްތެރިވާ ބިދޭސީން ތިބި ދާއިރާތަކާއި އަދަދަށް ބަލާ، އެ ދާއިރާތަކުން ކިޔެވުމަށް ފުރުސަތު ދެވޭނެ ކަމަށްވެސް ހާމަކޮށްފައިވެއެވެ.

އަދި މިދައުރުގައި ރައީސް ޞާލިޙު މުޅިން އަލަށް ރާއްޖޭގައި ތަޢާރަފްކުރައްވައި ހިންގަވާފައިވާ ކާމިޔާބު ޕްރޮގްރާމް ހިލޭ ޑިގްރީ ޕްރޮގްރާމް ފުޅާކޮށް ސެޓްފިކެޓް 1 އިންފެށިގެން ޑިގްރީއާ ހަމައަށް ހިލޭ ކިޔެވޭނެމަގު އަންނަދައުރުގައި ފަހިކޮށްދެއްވާނެކަމަށް މެނިފެސްޓޯގައި ހިމަނާފައިވެއެވެ. ހިލޭ ޑިގްރީ ޕްރޮގްރާމަށް ހާއްސަ ސްޓޫޑަންޓް ސަޕޯޓް ސަރވިސް ޔުނިޓެއް ގާއިމުކުރާނެކަމަށާ،

ހިލޭ ޑިގްރީގެ ދަށުން ކަމާގުޅޭ އިދާރާތަކާ ކުރަންޖެހޭ ފައިސާގެ މުޢާމަލާތް ކުރުމުގެ އުސޫލު ލުއިފަސޭހަ ކުރާނެ ކަމަށްވެސް ހާމަކޮށްފައިވެއެވެ.

މީގެއިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައި ލޭންޑް ޔޫސް ޕްލޭން ހެދޭއިރު، އެއާ ގުޅުވައިދޭ ހިއުމަން ރިސޯސް ޕްލޭން ހަދާ، އެ ހިއުމަން ރިސޯސް ޕްލޭންއާ އެއްގޮތަށް ދިވެހިރާއްޖޭގައި ހިންގޭ ޕްރޮގްރާމްތައް ފުޅާކޮށް، ދިވެހިރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ހޯދައިދޭނެ ކަމަށްވެސް މެނިފެސްޓޯގައި ބުނެއެވެ.

އަދި މޯލްޑިވްސް ކޮލިފިކޭޝަންސް އޮޓޯރިޓީ ވަރުގަދަކުރުމަށްޓަކައި ބައިނަލްއަޤްވާމީ ކޮލިޓީ އެޝުއަރަންސް ބޮޑީއަކާއެކު ދިގު މުއްދަތަކަށް މަސައްކަތްކޮށް، މީހުން ބިނާކޮށް މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާއަކީ ރާއްޖެއާއި ރާއްޖެއިން ބޭރުން މީހުން ބަލައިގަންނަ ދާއިރާއަކަށް ހަދާނެކަމަށާ، މަތީ ތައުލީމާއި ތަމްރީނުގެ ފެންވަރު މަތިކުރުމުގެ ގޮތުން އިންސްޓިޓިއުޝަނަލް އޮޑިޓް ރިޕޯޓު އާއްމުކޮށް، މަތީ ތައުލީމާއި ތަމްރީނު ފޯރުކޮށްދޭ މަރުކަޒުތައް ރޭންކުކުރާނެ ކަމަށްވެސް ރައީސް ޞާލިޙުގެ މެނިފެސްޓޯގައިވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން