ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުއްވި ބޭފުޅުންގެތެރެއިން ޝަރުޠު ހަމަވާ ބޭފުޅުންގެ ނަން ތަރުތީބުކުރުން މާދަމާ ހަވީރު އޮންނާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އަންނަ މަހުގެ 9 ވަނަދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި 8 ބޭފުޅަކު ވާދަކުރައްވައެވެ. އެބޭފުޅުންގެ ނަން ތަރުތީބުކުރުމަށް ގުރުއަތު ނެގުން އޮންނާނީ މާދަމާ ހަވީރު 16:30ގައި ދަރުބާރުގޭ ރަންނަ ބަންޑޭރި މާލަމުގައިކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

މި ކަމަށްޓަކައި ބާއްވާ ބައްދަލުވުމަށް ކެންޑިޑޭޓަށް ހާޟިރުވެވެން ނެތްނަމަ، ކެންޑިޑޭޓުގެ ބަދަލުގައި އެހެން މީހަކުވެސް ފޮނުވިދާނެއެވެ. އެހެންނަމަވެސް ދުރާލައި އެކަން ސިޓީއަކުން އިލެކްޝަންސް ކޮމިޝަނަށް ހުށައަޅަންޖެހެއެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބަކީ މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ ބަޔަކު ވާދަކުރާ ރިޔާސީ އިންތިޚާބެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ސިޔާސީ ޕާޓީތަކުގެ ޓިކެޓްގައި 5 ބޭފުޅަކު ވާދަކުރައްވައެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް / މުހައްމަދު އަސްލަމް (އެމްޑީޕީ)، ޑރ. މުހައްމަދު މުއިއްޒު / ހުސެއިން މުހައްމަދު ލަތީފް (ޕީއެންސީ)، ގާސިމް އިބްރާހިމް / ޑރ. އަމީން އިބްރާހިމް (ޖުމްހޫރީ ޕާޓީ)، މުހައްމަދު ނާޒިމް / ޑރ. އަހުމަދު އަދީލް ނަސީރު (އެމްއެންޕީ)، އިލްޔާސް ލަބީބް / ހުސެއިން އަމްރު (ދަ ޑިމޮކްރެޓްސް) އެވެ.

އަދި އަމިއްލަ ގޮތުން 3 ބޭފުޅަކު ވާދަކުރައްވައެވެ. އެއީ އަހްމަދު ފާރިސް މައުމޫން / ޑރ. އަބްދުއްސައްތާރު ޔޫސުފް، އުމަރު ނަސީރު / މުހައްމަދު ސަލީމް އަދި ޙަސަން ޒަމީލް / މަރިޔަމް އަލީމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން