މާލެ ސަރަހައްދުން ފްލެޓަށް އެދި ހުށައަޅާފައިވާ މީހުންގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ފްލެޓް ދޭ ގޮތަށް ނިންމައި މިސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ސޯޝަލް ހައުސިންގ ފްލެޓަށް އެދި ހުށައަޅާފައިވާ މީހުންގެ ވަގުތީ ލިސްޓް މިއަދު އާންމު ކޮށްފިއެވެ.

ސަރުކާރުން މިއަދު އާންމު ކުރި ލިސްޓުގައި ފްލެޓަށް އެދި ހުށައަޅާފައިވާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކާއި ފްލެޓަށް ޝަރުތު ހަމަނުވާ ފަރާތްތައް އެނގޭނެހެން ވަނީ އާންމުކޮށްފައެވެ. އަދި ޝަރުތުހަމަނުވާ މީހުން ޝަރުތު ހަމަނުވާ ސަބަބުވެސް މިލިސްޓުގައި އާންމުކޮށްފައި ވެއެވެ.



ޕްލޭނިންގ މިނިސްޓްރީ މިއަދު ކުރި އިޢުލާނުގައި ވާގޮތުން ވަގުތީ ލިސްޓަށް ޝަކުވާ ހުށައެޅުމުގެފުރުސަތު މިހިނގާ ސެޕްޓެންބަރު މަހުގެ 22 ވަނަ ދުވަހާއި ހަމައަށް އޮންނާނެ ކަމަށެވެ. އަދި ދާއިމީ ލިސްޓު އާންމުކުރާނީ ހުށައަޅާ ސަކުވާތަކަށާއި ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމަށް ފަހުގައި ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

މާލެ ސަރަހައްދުގައި މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގާ ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި 18 ބުރީގެ 32 ޓަވަރު އިމާރާތް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެފައި ވެއެވެ. މި ޓަވަރު ތަކުގައި ހަދަނީ ދެ ކޮޓަރީގެ 1،200 އެޕާޓްމެންޓާއި ތިން ކޮޓަރީގެ 2،800 އެޕާޓްމެންޓެވެ.

ފްލެޓަށް އެދި 20،000 އަށްވުރެ ގިނަ މީހުން ފޯމު ހުށައަޅާފައި ވެއެވެ. މިއަދު އާންމުކުރި ލިސްޓުތަކަށް ބަލާއިރު އޭގެތެރެއިން 14 ހާހަށްވުރެ ގިނަ މީހުން ކުރިމަތިލީ ތިން ކޮޓަރީގެ އެޕާޓްމެންޓަށެވެ. އަދި 6 ހާހަށްވުރެ ގުނަ މީހުން ދެ ކޮޓަރީގެ އެޕާޓްމެންޓަށް ކުރިމަތިލާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން