އިދިކޮޅު ކޯލިޝަނުގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ ރަނިންމޭޓު ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފަށް އިދިކޮޅު ލީޑަރު، ރައީސް ޔާމީނާއި ލީޑަރޝިޕްގެ ތާއިދު އެބައޮތް ކަމަށް ޕީޕިއެމް-ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

މިރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު ކޯލިޝަން ހިންގެވުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބުދުއްރަޙީމް އަބުދުﷲ ވިދާޅުވީ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ ރަނިންމޭޓު ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް ރިޔާސީ އިންތިހާބުގައި ވާދަކުރަނީ އިދިކޮޅު ލީޑަރު ރައީސް ޔާމީނުގެ ފުރިހަމަ އެންޑޯސްމެންޓާއެކު ކަމަށެވެ. ޢަބްދުއްރަޙީމް ވިދާޅުވީ، ރައީސް ޔާމީން 2023ގެ ކެމްޕޭނުގެ ދަށުން ޑރ. މުޢިއްޒުގެ ކެމްޕޭން ފަށާފައިވާ ކަމަށެވެ.

އަދުރޭ ވިދާޅުވީ ރައީސް ޔާމިނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުވައިލެއްވުމުން ރައީސް ޔާމީން ނިންމެވީ އިންތިޚާބުގައި ކުރިއަށް ވަޑައިގެންނެވުމަށް ކަމަަށެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީނުގެ ފުރިހަމަ ތާއީދާއެކު އިދިކޮޅު އިއްތިހާދުގެ އާންމު މެންބަރުންގެ އެއްބާރުލުމާއެކު، ލީޑާޝިޕުގެ ބޭފުޅުން ތިއްބެވީ އިންތިޚާބު ކާމިޔާބުކުރަން ކުރަންޖެހުނު ކޮންމެ ކަމެއް މާދަމައިން ފެށިގެން ކުރަން ތައްޔާރަށް ކަމަށެވެ.

އަދި އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު، ޕީޕީއެމްގެ ސަރުކާރު ޤާއިމުވުމާއެކު، ފުރަތަމަ ދުވަހުގައި ރައީސް ޔާމީން މިނިވަންކުރައްވާނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން