ކުރީގެ ރައީސް ޔާމިން އަބްދުލް ގައްޔޫމް ޖަލުން ނެރެން އިދިކޮޅު ކޯލިޝަނާއެކު މަގުމައްޗަށް ވެސް ދަ ޑިމޮކްރެޓުން ނުކުންނާނެކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.



ޑިމޮކްރެޓުން މިރޭ ފުވައްމުލަކުގައިބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރަައީސް މުޙައްމަދު ނަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީ ހިޔާނާތުގައި 273 މީހުން ހިމެނޭ ކަމަށެވެ. އެހެން ނަމަވެސް އެމައްސަލައިގައި ހަމައެކަނި ރައީސް ޔާމިނަށް ދައުވާކޮށް ޝަރީއަތް ކުރާތީ އެކަމާމެދު ވަރަށް ބޮޑަށް ކަންބޮޑުވެވަޑަައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވިއެެވެ.

"އަޅުގަނޑުމެން އިހުތިޖާޖުގައި ވެސް ބައިވެރިވާނަން، މަގުމަތީގައިވެސް ތިބޭނަން. ރައީސް ޔާމިން އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން ޖަލުން ނެރޭނަން،" ރައީސް ނަޝީދު ވިދާޅުވިއެވެ. 

ނަޝީދު ވިދާޅުވީ ސަރުކާރަށް ޖެހޭނީ ރައީސް ޔާމިން މިހާރުން މިހާރަށް ދޫކޮށްލަން ކަމަށެވެ. އެހެން ވިދާޅުވެ ނަޝީދު ވަނީ ޔާމިން މިނިވަން ކުރުމަށް ގޮވާލައްވާފައެވެ.

މީގެ އިތުރުން ނަޝީދު މިރޭ ވިދާޅުވީ ބައިނަލްއަގުވާމީ މުޖުތަަމައުގައިވެސް ރައީސް ޔާމިން މިނިވަން ކުރަން ދަ ޑިމޮކްރެޓުން ގޮވާލާނެކަމަށެވެ. އަދި ބައިނަލްއަގުވާމީ ލޯޔަރުން ވެސް ރާއްޖެގެނެސް ރައީސް ޔާމިން މިނިވަން ކުރުމުގެ މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ވެސް ނަޝީދު މިރޭ ވަނީ ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން