ރިޔާސީ އިންތިހާބު ކާމިޔާބުކުރެވި އިތުރު ދައުރެއް ލިބިވަޑައިގެންފިނަމަ، ގދ. ގައްދޫއާ އިންވެގެން އޮންނަ ގދ. ގަން ގުޅާލާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެެ.

ރައީސް ސާލިޙު މިހެން ވިދާޅުވީ ރިޔާސީ ކެމްޕޭނުގެ ތެރެއިން ގައްދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެެވެ. އުފާވެރި އަމާން ރާއްޖެ ޝިއާރުގެ ދަށުން ބޭއްވި މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ އެމަނިކުފާނު ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފިނަމަ އެރަށް ކައިރީގައި އޮތް، ގަމާއި ގައްދޫ ގުޅާލާނެ ކަމަށެވެ.

"މިރަށާއި ވަރަށް ކައިރީގައި މިއޮތް ގަމާއި ގައްދޫއާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގުޅާލަދޭނަން،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މިރޭ ވިދާޅުވީ ގައްދޫގައި މިހާރު ކުރިއަށްދާ މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ތެރެއިން އެ ރަށުގެ ހުރިހާ މަގުތަކެއް ތަރައްގީކުރައްވާނެ ކަމަށެވެ. އަދި، ގައްދޫއަށް އިތުރު 30 ހެކްޓަރުގެ ބިން ހިއްކާ އެ ބިމުގައި 100 ރޯހައުސް އެޅުމުގެ އިތުރުން ގައްދޫގައި ޕޮލިޓެކްނިކްގެ އާ އިމާރާތެއް އަޅުއްވާނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން