ރިޔާސީ އިތުރު ދައުރެެއް ލިބިވަޑައިގެންފިނަމަ ދުނިޔޭގެ ނަން މަޝްހޫރު ހޮސްޕިޓާލިޓީ ސްކޫލެއްގެ ކެމްޕަހެއް އަޅުއްވައިދެއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންނަށް ގދ. އަތޮޅަށް ކުރަށްވާ ދަތުރުފުޅުގައި މިއަދު ހެނދުނު ގދ. ވާދޫއަށް ވަޑައިގެން އެރަށުގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވީ ދެވަނަ ދައުރެއްގައި ރާއްޖޭގައި ދުނިޔޭގެ ނަން މަޝްހޫރު ހޮސްޕިޓާލިޓީ ސްކޫލެއްގެ ކެމްޕަހެއް އަޅުއްވައިދެއްވާނެ ކަމަށެވެ. އޭގެ ބޭނުމަކީ ރަށްރަށުގައި ފަތުރުވެރިކަން ފުޅާކުރުމަށާއި، ފަތުރުވެރިކަމުގެ ދާއިރާގެ އިސް ވަޒީފާތަކުގައި ދިވެހީން ތިބުމުގެ އަމާޒަށް ވާސިލްވުން ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ސްޓޫޑަންޓު ލޯނުގެ އިންޓްރެސްޓް ކުޑަކުރުމާއި، ރާއްޖެއަށް ހިދުމަތް ކުރުމުގެ ޝަރުތާއެކު ލޯނު މައާފު ކުރަށްވާނެ ކަމަށެވެ. އަދި ފުރަތަމަ ޑިގްރީ ހިލޭ ފޯރުކޮށްދިނުމުގެ ޕްރޮގްރާމްގެ އެހީގައި ކޮންމެ ރަށެއްގައި ފަތުރުވެރިކަމުގެ ވިޔަފާރިތައް ކުރަން ބޭނުންވާ މީހުން ތަމްރީނު ކުރުމުގެ މަސައްކަތް ވެސް ހިންގަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކޮންމެ ރަށެއްގެ ލޭންޑް ޔޫސް ޕްލޭން ހަދާއިރު، އެއާ ގުޅުވައިދޭ ހިއުމަން ރިސޯސް، އެ ރަށަކަށް ބޭނުންވާ އިންސާނީ ވަސީލަތްތައް އޭގައި ހިމަނައިދެއްވާނެ ކަމަށެވެ.

"އޭރުން ކޮންމެ ރަށެއްގައި އުފެދޭނެ ވަޒީފާތަކާއި، އެއަށް ބޭނުންވާނެ ތަމްރީނު ލިބިފައި ތިބި ޒުވާނުން އުފެދިގެން ދާނެ،" ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން