އަހުމަދު މަސްނޫމް   9 އޯގަސްޓު 2023 - 22:3
ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ، ކެންޑިޑޭޓް ނަންތައް ތަރުތީބުކުރުމަށްފަހު، ކެންޑިޑޭޓް ނަމްބަރު ގުރުއަތުން ނަގައި އިޢުލާން ކޮށްފިއެވެ.

ކެންޑިޑޭޓުންގެ ނަމްބަރުތައް ކަނޑައަޅާފައިވަނީ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ކެނޑިޑޭޓުންގެ ނަމްބަރުތައް ކަނޑައަޅާފައިވަނީ ތިރީގައިވާ ތަރުތީބުންނެވެ.

1- އުމަރު ނަސީރު

2- ހަސަން ޒަމީލު

3- އިބްރާޙިމް މުހައްމަދު ސާލިހު

4- މުހައްމަދު މުއިއްޒު

5- ގާސިމް އިބްރާހިމް

6- އަހުމަދު ފާރިސް މައުމޫން

7- އިލްޔާސް ލަބީބު

8- މުހައްމަދު ނާޒިމް

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމަށްފަހު އިލެކްޝަންސް ކޮމިޝަނުން ވަނީ މިފަހަރުގެ ރިޔާސީ އިންތިހާބާއި ގުޅޭ މަސައްކަތްތައް ކުރިއަށް ގެންދާގޮތާއި ގުޅޭގޮތުން ހާއްސަ ރިޕޯޓެއް ހުށަހަޅާފައެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބު އޮންނަނީ އަންނަމަހުގެ 9 ވަނަ ދުވަހުއެވެ. އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓް މިހާރު ވަނީ އާންމުކޮށްފައެވެ.

މިއިންތިހާބުގައި ވޯޓުލުމަށް 600 އަށްވުރެ ގިނަ ފޮށި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބަހައްޓާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން