މާލެ އަތޮޅު ގުޅީފަޅު ބިން ހިއްކާތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތައް ސަމާލުވުމަށް އަންގައިފިއެވެ.

ޕްލޭނިންގ މިނިސްޓްރީން ބުނީ ކ. ގުޅީފަޅު ބިން ހިއްކުމުގެ މަޝްރޫއު ފޭސް 2ގެ މަސައްކަތް މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާކަމަށެވެ. އެހެންކަމުން އެ ސަރަހައްދުން ދަތުރުކުރާ ކަނޑު އުޅަނދުފަހަރުގެ ކެޕްޓަނުން ދަތުރުކުރުމުގައި އެކަމަށް ސަމާލުކަންދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ގުޅީފަޅު ބިން ހިއްކުމުގެ ދެވަނަ މަޝްރޫއު ރައީސް އިބްރާހީމް މުހައްމަދު ސާލިހު ފައްޓަވައިދެއްވީ ޖުލައި މަހުގެ ދެވަނަ ދުވަހުއެވެ.

120 މިލިއަން ޔޫރޯއަށް ގުޅީފަޅު ހިއްކުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާއެވެ.

ގުޅީފަޅު ބިން ހިއްކުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ބޮސްކާލިސްއާ ހަވާލުކޮށްގެން 192 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން