އަހުމަދު މަސްނޫމް   10 އޯގަސްޓު 2023 - 3:10
އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ތާއީދު ހޯއްދެވުމަށް ގދ. ގައްދޫގައި ބޭއްވި ޖަލްސާގައި އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު ޑރ. އައިޝަތު ރަފިއްޔާ ދެއްކެވި ވާހަކަފުޅާއި ގުޅިގެން ގޯސް މާނައެއް ނެންގެވޭނަމަ އެކަމަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށް އެކަމަނާ ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި މައްސަލައަކަށް ވެގެން އުޅެނީ ރަފިއްޔާގެ ވާހަކަފުޅުގައި ފެންފޯއް ރުކާއި ގުޅޭގޮތުން ދެއްކެވި ވާހަކަފުޅެކެވެ. އެގޮތުން ފެން ފޯއް ރުކުގައި އަޅާ ފޯއް ބިންމައްޗަށް ވެރޭކަމަށާއި، އަދި އޭގެ މައްޗަށް މީހުންނަށް ފައިން އެރޭނެކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ. ނަމަވެސް މައްސަލަ ބޮޑުވީ ރަފިއްޔާ އެ ވާހަކަ ދެއްކެވިގޮތުންކަމަށް ބައެއް މީހުން ބުނެއެވެ.

ރަފިއްޔާގެ ވާހަކަތަކާއި ގުޅިގެން ބައެއް މީޑިއާތަކުން ވަނީ ރަފިއްޔާ އައުގުރާނަ ގޮވިކަމަށް ތުހުމަތުކޮށްފައެެވެ. ނަމަވެސް ރަފިއްޔާ އެ ތުހުމަތުތައް ދޮގުކުރައްވައެވެ.

ގދ. ގައްދޫގައި އޮތް ޖަލްސާގައި އައުގުރާނަ ގޮވިކަމަށް ބުނެ ނޫސްތަކުގައި ލިޔެފައިވާ ވާހަކައާ ގުޅިގެން ރަފިއްޔާ ވިދާޅުވީ އޭނާ ދެއްކި ވާހަކައިގައި ބޭނުންކޮށްފައިވާ އިބާރާތް ބޭނުންކޮށްފައި ވަނީ އެއްވެސް ހާލެއްގައި އައުގުރާނަގޮވުމާއި ބޭއަދަބީ އިބާރާތެއް ބޭނުންކުރުމުގެ ނިޔަތުގައި ނޫންކަމަށެެވެ. އަދި އެ އިބާރާތް ބޭނުންކޮށްފައި ވާނީ ދިވެހި މުހާވަރާއެއް ބޭނުންކޮށް ސަމާސާ މިސާލެއް ވާހަކައިގައި ގެނައުމުގެ ނިޔަތުގައިކަމަށްވެސް ރަފިއްޔާ ވިދާޅުވިއެވެ.





ރަފިއްޔާ ވިދާޅުވީ ޕޯޑިއަމްގައި ވާހަކަދައްކަވަމުން އޭނާ ބޭނުންކުރެއްވި އިބާރާތް ބޭނުންކުރެވިފައިވާ ގޮތުގެ ސަބަބުން، ބޭނުންކުރި މާނައާއި ވިސްނުމާ ޚިލާފު މާނައެއް އެ އިބަރާތުން ކުރެވޭކަމަށް ބައެއް ބޭފުޅުންނަށް ގަބޫލުކުރެއްވޭކަމަށެވެ. އެހެންކަމުން އެ ހުރިހައި ބޭފުޅުންގެ އަރިހުންނާއި ޖުމްލަ ގޮތެއްގައި އެންމެހައި ލޮބުވެތި ދިވެހީންގެ އަރިހުން މަޢާފަށް އެދޭކަމަށްވެސް ރަފިއްޔާ ވިދާޅުވިއެވެ.

ރަފިއްޔާއަކީ އަންހެނުންގެ ކުރިއެރުމާއި ބާރުވެރިކަމަށް ވަރަށް ބޮޑަށް މަސައްކަތްކުރައްވާ ބޭފުޅެކެވެ. އެކަމަނާއަކީ އަހުލާގު ދަށް ބޭފުޅެއްގެ ގޮތުގައި މަޝްހޫރުވެފައި އޮންނަ ކަނބަލެއް ނޫނެވެ. ނަމަވެސް ސިޔާސީ ޕޯޑިއަމްތަކުގައި ރަފިއްޔާ ދެއްކެވި ވާހަކަތަކަަށްވުރެ ހުތުރު ވާހަކަތައް ދައްކަވާ މަންޒަރުވެސް ފެނެއެވެ. ނަމަވެސް މީޑިއާތަކުންވެސް އެއީ މާބޮޑުކަމަކަށް ހަދާފައެއް ނުހުރެއެވެ.


ކިޔުންތެރިންގެ ހިޔާލު


5

ސިއްދީގު

16-Aug-2023

މާތާހިރު ވާނެ ޕޯޑިއަމްގައި ހުރެ މާފަށް އެދުނުނަމަ. ޕޯޑިއަމް އަށް އަރާ ވާހަކަ ދައްކަން ފެށީމަ ނޭގެ މި ކިޔެނީ ކީކޭކަމެއް. ކީއްކުރާނީ މަފަހުން ވިއްޔަ މި ގެޓުވަނީ މި ކިޔުނީ ކީކޭކަން. 😂



ޓްރެންޑިން