ވިލާ ފައުންޑޭޝަނުން ކިޔެވި، އަދި ކިޔަވާ ހުރިހާ ކުދިންގެ ލޯނުތައް މައާފްކޮށްދެއްވުމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ވިލާ ފައުންޑޭޝަންގެ ޗެއަރމަން ޤާސިމް އިބްރާހިމް ނިންމަވައިފިއެެެވެ.

ވިލާ ފައުންޑޭޝަނުން ކިޔެވި، އަދި ކިޔަވާ ހުރިހާ ކުދިންގެ ލޯނުތައް މައާފްކޮށްދެއްވުމަށް ނިންމަވާފައިވާކަން ގާސިމް އިއުލާންކުރެއްވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެ ޕާޓީން ތައްޔާރުކުރި މެނިފެސްޓޯ ނެރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

ވިލާ ފައުންޑޭޝަނުން ކިޔެވި، އަދި ކިޔަވާ ހުރިހާ ކުދިންގެ ލޯނުތައް މައާފްކޮށްދެއްވުމަށް ނިންމަވާފައިވާކަން ގާސިމް މިރޭ އިއުލާންކުރެއްވިއިރު ވިލާ ފައުންޑޭޝަނުންނާއި ވިލާ ކުންފުނިން އަދި ޤާސިމް އިބްރާހީމްގެ އަމިއްލަފުޅު ހަރަދުގައި، އެކިއެކި ސިއްހީ ދާއިރާތަކުން ތައުލީމު ހާސިލްކޮށްފައިވާ އަދި ކުރަމުންދިޔަ ދަރިވަރުންގެ ސްޓޫޑެންޓު ލޯނު މައާފުކޮށްދެއްވިކަން މީގެކުރިން ކޯވިޑްގެ ތެރޭގައި ޤާސިމް ވަނީ އިޢުލާން ކުރަށްވާފައެވެ.

ސިއްހީ ދާއިރާއިން ކިޔެވުމަށް ގާސިމް ދެއްވާފައިވާ ލޯނުތައް މައާފްކޮށްދެއްވާފައިވާއިރު، މިރޭ ގާސިމްގެ ވާހަކަފުޅުގައި ވިދާޅުވީ ކޮންމެ ދާއިރާއަކުން ވިޔަސް ގާސިމްގެ ހަރަދުގައި ކިޔަވާފައިވާ ދަރިވަރުންގެ ތެރެއިން މިހާތަނަށް އައިއިރު ލޯނު އަނބުރާ ދެއްކިފައިނުވާ އަދި މިހާރު ވެސް ލޯނު އެހީގެ ދަށުން ކިޔަވަމުން ގެންދަވާ ހުރިހާ ދިވެހިންގެ ސްޓޫޑެންޓު ލޯނުތައް މަޢާފުކޮށްދެއްވާފައިވާ ކަމަށެވެ.



ގާސިމް ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ރައްޔިތުންނަށް ކޮށްދެއްވާނެ ކަންކަމާއި ގުޅޭގޮތުން ތަފްސީލީ ގޮތެއްގައި ވާހަކަފުޅު ދައްކަވާފައެވެ.

ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯ މިރޭ ލޯންޗުކޮށްފައިވާއިރު، އެ މެނިފެސްޓޯ އެކުލަވާލައްވާފައިވަނީ ތިން މަސްދުވަހުގެ މަސައްކަތުންކަމަށް އެ ޕާޓީން ބުނެއެވެ. އެގޮތުން މެނިފެސްޓޯ އެކުލަވާލެއްވުމުގައި އެކިއެކި ދާއިރާތަކުގައި މަސައްކަތްކުރައްވާ ފަރާތްތަކުގެ ހިޔާލާއި މައުލޫމާތު ހޯދާފައިވާކަމަށްވެސް އެ ޕާޓީން ބުނެއެވެ. އެގޮތުން 200 އަށްވުގެ ގިނަ މީހުންނާއި އިންޓަވިއު ކުރެވިފައިވާކަމަށްވެސް ޖޭޕީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން