އެމަނިކުފާނުގެ ވެރިކަމެއްގައި ފަނޑިޔާރުންގެ މުސާރަ 75 ޕަސެންޓަށް ބޮޑުކޮށްދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެއެވެ.

ޖުމުހޫރީ ޕާޓީގެ ރިޔާސީ މެނިފެސްޓޯ ލޯންޗު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަސްތެރޭ ފަނޑިޔާރުންގެ މުސާރަ 75 ޕަސެންޓަށް ބޮޑުކުރައްވާނެ ކަމަށެވެ. އަދި ފަނޑިޔާރުންގެ މުސާރަ އެންމެ ފަހުން ބޮޑުކޮށްފައިވަނީ އެމަނިކުފާނު ފިނޭންސް މިނިސްޓަރަކަށް ހުންނެވިއިރު ކަން ޤާސިމް ވަނީ ފާހަގަކުރަށްވާފައެވެ.

"އަޅުގަނޑުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަސްވާއިރު އެބޭފުޅުންގެ މުސާރަ މިހާރު އޮތް ވަރުގެ 75 ޕަސެންޓް އެއަށް އިތުރުކޮށްދޭނަން،" ގާސިމް ވިދާޅުވި އެވެ.

މީގެ އިތުރުން ޤާސިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ފަނޑިޔާރުގޭގައި މަސައްކަތް ކުރަން ބޭނުންވާ މުވައްޒަފުންނަށް ތަމްރީނު ދިނުމާއި އެމީހުންނަށް ބޭނުންވާ ވަސީލަތްތައް ޤާއިމް ކޮށްދެއްވާނެ ކަމަށެވެ. އަދި ފަނޑިޔާރުގޭގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ މުސާރަ 35 ޕަސެންޓަށް ބޮޑުކޮށްދޭނެ ކަމަށް ޤާސިމް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން