ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމްގެ ވެރިކަމުގެ ފުރަތަމަ 5 އަހަރުދުވަހުގެތެރޭގައި 30،000 ހައުސިން ޔުނިޓު ހަދައި ނިންމައި ރައްޔިތުންނާ ޙަވާލުކުރާނެކަމަށް ވަޢުދުވެވަޑައިގެންފިއެވެ.

ޤާސިމް އަމީން 2023، މެނިފެސްޓޯގައިވާ މުހިންމު ވަޢުދުތަކުގެތެރޭގައި ކަށަވަރު ބޯހިޔާވަހިކަމުގެ ދަށުން މުހިންމު ގިނަ ވަޢުދުތަކެއް ހިމަނާފައިވެއެވެ. އެގޮތުން ރިޔާސީ ދައުރުގައި 30،000 ހައުސިން ޔުނިޓު ހަދައި ބޯހިޔާވަހިކަން ބޭނުންވެ، ނުލިބިތިބި އެންމެންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެކަމަށް ވިދާޅުވެފައިވެއެވެ.

ހައުސިން ޔުނިޓުތައް ހަދާގޮތުގެ ތަފްސީލަސް ބަލާއިރު، ގްރޭޓަރ މާލެ ސަރަޙައްދުގައި ޢިމާރާތްކުރަނީ 15،000 ހައުސިން ޔުނިޓެވެ. ދައުރުގެ ތެރޭގައި އެތަންތަން ނިންމައި ހައްޤުވެރިންނަށް ޙަވާލުކުރާނެއެވެ. އަދި އަތޮޅުތަކުގައި ހަދާ ހައުސިން ޔުނިޓުތައްވެސް ދައުރުގެތެރޭގައި ނިންމައި ޙަވާލުކުރާނެކަމަށް ޤާސިމް ވައުދުވެ ވަޑައިގެންފައިވެއެވެ.

އަލަތު ކައިވެންޏަށްފަހު ދިރިއުޅެންފަށާ ޒުވާނުންނަށާއި ކުރިން ބޯހިޔަވަހިކަމެއް ލިބިފައި ނުވާ ފަރާތްތަކަށް އަމާޒުކޮށްގެން 18000 ހައުސިން ޔުނިޓު "ފުރަތަމަ ގެދޮރު"ގެ ނަމުގައި ހަދައި ނިންމައި ޙަވާލުކުރާނެކަމަށް ޤާސިމް އެމަނިކުފާނުގެ މެނިފެސްޓޯގައި ވިދާޅުވެފައިވެއެވެ.

މީގެއިތުރުން މިހާރު ޢާންމުންނަށް ދީފައިވާ ހައުސިން ޔުނިޓުތަކުގެތެރެއިން ހިޔާ ފްލެޓުތަކާއި ފުލުހުންނާއި ސިފައިންގެ ފްލެޓުފަދަ އެންމެހައި ސޯޝަލް ހައުސިންގެ ކުލި މަޢާފްކޮށްދެއްވާނެކަމަށް ޤާސިމްވަނީ ވައުދުވެ ވަޑައިގެންފައިވެއެވެ.

އަދި ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް ގެދޮރު ހައްޤުވާ ފަރާތްތަކަށް އެމީހަކަށް ޕޮއިންޓު ލިބުމުން އޭގެ ތަފްސީލާއި ގެދޮރު ލިބޭ ތަނާއި ތާރީޚުވެސް ފެންނާނެކަމަށާ، އަލަތު ކައިވެންޏަށްފަހު ދިރިއުޅެންފަށާ ޒުވާނުންނަށާއި ކުރިން ބޯހިޔަވަހިކަމެއް ލިބިފައި ނުވާ ފަރާތްތަކަށް އަމާޒުކޮށްގެން ހަދާ 18000 ހައުސިން ޔުނިޓު ނުވަތަ "ފުރަތަމަ ގެދޮރު"ގެ ފައިންނޭސިންއަށް ހަމައެކަނި 10 އިންސައްތަ އިކިއުޓީއާއި 5 އިންސައްތަ އިންޓްރެސްޓުގައި ސަރުކާރުން ލޯނުދޭނެކަމަށްވެސް ޤާސިމް ވިދާޅުވެފައިވެއެވެ. އަދި އަމިއްލަ ބިމުގައި ނުވަތަ ބަންޑާރަ ބިމުގައި އަމިއްލައަށް ގެދޮރު އަޅަން ބޭނުންވާ މީހުންނަށް 10 އިންސައްތަ އިކުއިޓީއާއި 5 އިންސައްތަ އިންޓްރެސްޓުގައި ސަރުކާރުން ލޯނު ދޭނެކަމަށްވެސް ވައުދުވެ ވަޑައިގެންފައިވެއެވެ.

ޤާސިމްގެ ސަރުކާރުގެ ހައުސިން ސިޔާސަތުގެ ތެރެއިން އަގު ކޮންޓްރޯލްކޮށްފައިވާ 6000 ހައުސިން ޔުނިޓު "އުޖާލާ ގެދޮރު"ގެ ގޮތުގައި ވިއްކަން ވަނީ ނިންމާފައެވެ. އަދި ވިޔަފާރި އުސޫލުން 6000 ހައުސިން ޔުނިޓު "ނަލަ ގެދޮރު"ގެ ނަމުގައި ވިއްކްނަ ވަނީ ނިންމާފައެވެ.

ސިފައިންނާއި ފުލުހުންގެ މިހާރު ނުނިމިގެން އުޅޭ ފްލެޓުތައް ނިންމައި ފުރަތަމަ އަހަރުގެތެރޭގައި ޙަވާލުކުރާނެކަމަށާ، އިތުރު 1000 ފްލެޓު ސިފައިންނާއި ފުލުހުންނަށް އަލަށް ޢިމާރާތްކޮށް 3 އަހަރުގެތެރޭގައި ޙަވާލުކުރާނެކަމަށްވެސް ޤާސިމް ވައުދުވެ ވަޑައިގެންފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން