ކޮންމެ ފަސްއަހަރަކުން ސަރުކާރު ބަދަލުވެ ސިޔާސަތުތައް ބަދަލުވާނަމަ ރައްޔިތުން ބޭނުންވާ ތަރައްގީއެއް ނުލިބޭނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ގއ. ޢަތޮޅަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ނިލަންދޫއަށް ވަޑަައިގެން، އެ ރަށުގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެެވެ. މިޖަލްސާގަައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ ޑިމޮކްރަސީއެއްގައި އިރުއިރުކޮޅާ ސިޔާސަތުތައް ބަދަލުކުރަން ފުރުސަތު ދޭނަމަ ރައްޔިތުން ބޭނުންވާ ތަރައްގީ އެއް ނުލިބޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި ތަރައްގީގެ ގިނަ މަސައްކަތްތަކެއް ކުރަން ފަށާފައިވާ ކަމަށާއި އޭގެތެރެއިން ގިނަ މަސައްކަތްތައް ނިމިފައިވާ ކަމަށެވެ. އަދި ސިޔާސީ ހަލަބޮލިކަމުގައި ކޮންމެ ފަސްއަހަރަކުން ސަރުކާރު ބަދަލުކުރާނަމަ ރައްޔިތުން ބޭނުންވާ ތަރައްގީ އެއް ނުލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



"ސިޔާސީ ހަލަބޮލި ކަމުގެ ތެރޭގައި ކޮންމެ ފަސްއަހަރަކުން ސަރުކާރު ބަދަލުވަމުންދާ ކަމަށްވާނަމަ ތަރައްގީގެ މަސައްކަތްތައް ހުއްޓިގެންދާނެ، އަޅުގަނޑުމެން އެކަން ތަޖުރިބާ ކޮށްފިން، 2008 ވަނަ އަހަރު އެމްޑީޕީ ވެރިކަމަށް އައިސް ފެށި ވަރަށް ރަނގަޅު ގިނަ މަސައްކަތްތަކެއް ޖެހިގެން އައި އަހަރު ރިޔާސީ ދައުރުގައި މުޅިން ބަދަލުވެގެން ހިގައްޖެ، ރަށްރަށާއި މެދު އަޅާލަންވާ ވަރަށް އެ ފަސްއަހަރުގެ ތެރޭގައި ނެތް މަސައްކަތް ކުރެވިފައެެއް، އެހެންކަމުން ކުރިއަށް މި އޮތް ދައުރުގައި މި މަސައްކަތް ކުރިއަށް ގެންދެވޭނެ ފަދަ ގޮތަކަށް ތިބޭފުޅުންގެ ވިސްނުން ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް، އެހެންނޫނީ އަނެއްކާވެސް ބޭކާރު އެތައް ހަރަދެއް ދައުލަތުގެ ބަޖެޓުން ކުރަންޖެހޭނެ،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފިނަމަ ނިލަންދޫއަށް ކޮށްދެއްވާނެ ބައެއް ކަންތައްތަކުގެ ތަފްސީލް ހާމަކުރަށްވާފައެވެ. އެގޮތުން ނިލަންދޫގެ ހުރިހާ މަގުތަކެއް ތާރުއެޅުމާއި ކުޅިވަރު ވަސީލަތްތަކާއިއެކު ޒުވާނުންނަށްޓަކައި ޔޫތު ސެންޓަރެއް އަޅައި ގިރާ ސަރަހައްދު ހިމާޔަތް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ނިލަންދޫގެ ބަނދަރު ބޮޑުކޮށް ޒަމާނީ ބަނދަރަކަށް އެ ބަނދަރު ހައްދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރަައީސް ވިދާޅުވީ ނިލަންދޫގެ ޒުވާނުން ބޭނުންވާ ފުޓުބޯޅަ ސްޓޭޑިއަމް ވެސް އެރަށުގައި އަޅުއްވައި ދެއްވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން