ހުޅުމާލެއިން އުމުރުން 12 އަހަރުގެ ކުޑަ އަންހެން ކުއްޖަކުގެ ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެ ކުއްޖާ ގެއްލުނީ އިއްޔެ އިރުއޮއްސި 18:00 ހާއިރު ކަމަށް އެނާގެ އާއިލާއިން ވަނީ ބުނެފައެވެ.

އެ ކުއްޖާ އަކީ ރ. މާކުރަތަށް ނިސްބަތްވާ، އައިޝާ ބިން މަހުމޫދު ކަމަށް މައުލޫމާތު ލިބެއެވެ. އަދި އެކުއްޖާ އެންމެފަހުން ދިރިއުޅުނީ ހުޅުމާލޭ ފްލެޓެއްގައެވެ.

އާއިލާއިން ބުނެފައިވަނީ އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މިހާރު މަސައްކަތް މި ކުރަނީ ކެމެރާތައް ޗެކް ކުރުމުގެ މަސައްކަތް ކަމަށެވެ. އެކުއްޖާ ފެނިއްޖެ ނަމަ 9742709 އަށް ގުޅާ މައުލޫމާތު ހިއްސާކުރުމަށް އާއިލާއިންވަނީ އެދިފައެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ މިމައްސަލަ ރޭ ދަންވަރު 00:58 ގައި ރިޕޯޓްކޮށްފައިވާތީ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މައްސަލައާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން