ސިޔާސީ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށާއި އެމަނިކުފާނު ހުންނެވީ އެ ފުރުސަތު ދޫކޮށްލައިގެން ކަމަށް ކުރީގެ ރައީސް ޔާމީން އަބުދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމިން މިހެން ވިދާޅުވީ ވ.އާރަށު މައްސަލައިގައި ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް ކުރި 11 އަހަރުގެ ޖަލު ހުކުމާއިއެކު ދައްކަން އަންގާފައިވާ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމް ތަންފީޒުކުރުން ފަސް ކުރުމުގެ އަމުރަކަށް އެދުނު މައްސަލަައާއި ގުޅިގެން ހައިކޯޓުގައި މިއަދު ކުރިއަށްދިޔަ އަޑުއެހުމުގައެވެ. މި އަޑުއެހުމުގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ޔާމިން ވިދާޅުވީ އިދިކޮޅު ސިޔާސީ އިއްތިހާދުގެ ލީޑަރުގެ ހައިސިއްޔަތުން ލިބިދޭ ހައްގުތަކުގެ ވާހަކަ ދައްކަވަން ނެތް ކަމަށެވެ. އަދި އެމަނިކުފާނު މިވަގުތު ހުންނެވީ އެ ފުރުސަތު ދޫކޮށްލައްވައިގެން ކަމަށް ޔާމިން ވިދާޅުވިއެވެ.

"އަޅުގަނޑު ނެތިން މިއަދު ސިޔާސީ ވާހަކައެއް ދައްކާކަށް، އަޅުގަނޑު މި ހުރީ އެ ފުރުސަތު ވެސް ދޫކޮށްލައިގެން،" ޔާމިން ވިދާޅުވިއެވެ.

ސިޔާސީ ވާހަކަ ނުދައްކަވާނެ ކަމަށް ރަައީސް ޔާމިން ވިދާޅުވެފައިވާއިރު މިދިޔަ އާދީއްތަ ދުވަހު ސުޕްރީމް ކޯޓުން ޔާމީނުގެ ކެންޑިޑެސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ރަނގަޅު ކަމަށް ކަނޑައެޅުމުން، ބެކްއަޕް ކެންޑިޑޭޓެއްގެ ގޮތުގައި ހަމަޖެއްސެވި ޕީއެންސީގެ ކެންޑިޑޭޓު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ފޯމް ހުށައަޅުއްވާފައެވެ.

ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭނެކަން އެނގިވަޑައިގަތުމުން އެންމެ ފުރަތަމަ ރައީސް ޔާމިން ވަނީ ޕީޕީއެމުން އިންތިހާބު ބޮއިކޮޓް ކުރުމަށް އަންގަވާފައެވެ. އެހެން ނަމަވެސް އެގޮތަށް ޕީޕިއެމް-ޕީއެންސީގެ ސެނެޓުން ފާސްވެފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން