ނ. ވެލިދޫ ޕިކްނިކް އައިލެންޑް މަޝްރޫޢު ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވ،ީ ޑިރެކްޓަރ ޖެނެރަލ،ް ފާތުމަތު ޝާނާ ފާރޫޤެވެ.

2,724 މީހުންގެ އާބާދީއެއް އޮންނަ ނ. ވެލިދޫ ރައްޔިތުން ޢާއްމުކޮށް ހަރަކާތްތެރި ވަނީ ފަތުރުވެރިކަމުގެ ދާއިރާގައެވެ. އެގޮތުން މަތީ ފަންތީގައި ހިންގަމުންދާ 7 ރިސޯޓެއް އެ އަތޮޅުގައި މިހާރުވެސް އޮތުމާއެކު ގިނަ ރައްޔިތުންތަކެއް ވަޒީފާ އަދާކުރަމުން ދަނީ މި ރިސޯޓްތަކުގައެވެ. އަދ،ި މި އަތޮޅުގެ ގިނަ ފަޅުރަށްތައް ރިސޯޓް ތަރައްޤީ ކުރުމަށް ކުއްޔަށް ދޫކުރެވިފައި އޮތުމާއެކު ޗުއްޓީ ދުވަސްވަރު ދަތުރުގޮސް ހަދާލާނެ ޕިކްނިކް އައިލެންޑަކަށް ރަށު ރައްޔިތުން ވަނީ ނުހަނު ބޭނުންވެފައެވެ.

މިއަދު ސޮއިކުރެވޭ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު ރަށު ރައްޔިތުންގެ މި އުއްމީދު މުސްތަޤުބަލުގައި ފުރިހަމަ ވެގެންދާނެކަމަށް ސަރުކާރުން ބުނެއެވެ. ހަމައެހެންމެ ރަށަށް އިޖުތިމާޢީ ގޮތުންނާއ،ި އިޤްތިޞާދީގޮތުން ގިނަ ފައިދާތަކެއް ކުރާނެކަމަށާއި އަދ،ި ކުރިމަގުގައި ގެސްޓްހައުސް ވިޔަފާރި ރަށުގައި ފުޅާކުރުމަށްވެސް މިކަމުގެ ސަބަބުން މަގުފަހިވެގެންދާނެކަމަށްވެސް ސަރުކާރުން ބުނެއެވެ.

މި މަޝްރޫޢުގެ ދަށުނ،ް 61200 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއ،ި 50 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއ،ި 412 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢަކީ 19.16 މިލިއަން ރުފިޔާއަށް 180 ދުވަސް ތެރޭ ނިންމުމަށް މިކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން