ރާއްޖޭގައި މުހިންމު އާސާރުތަށް ވީރާނާވެ ގެއްލެެން ސަރުކާރުން ދޫނުކުރާނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ގއ. ކޮލަމާފުށީގައި މިއަދު ބޭއްވި އުފާވެރި އަމާންރާއްޖެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވީ، ދިވެހިންގެ މުހިއްމު އާސާރުތައް ވީރާނާވެ ގެއްލެން އެމަނިކުފާނުގެ ސަރުކާރުން ދޫނުކުރައްވާނެ ކަމަށެވެ. އެހެންކަމުން ވެރިކަމުގެ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ ޕްރިޒަވޭޝަން ލެބޯޓަރީއެއް ހަދައި ދިވެހި މުހިންމު އާސާރުތައް ހިމާޔަތް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ދިވެހިންގެ އާސާރުތައް ހިމާޔަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.



"ސައިޓް މިއުޒިއަމް ތައާރަފްކޮށް، މިތަންތަނުން ރަށައް އާމްދަނީ ލިބޭގޮތް ހަދައިދިނުމަކީ ކުރަންޖެހޭ ކަމެއް، ކުރިއަށް މިއޮތް ދައުރުގައި އަޅުގަނޑުމެންގެ އެއް ސިޔާސަތަކީ އެއީ މި އާސަރުތައް ވީރާނާވެ ގެއްލޭކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދުލެއް ނުުކުރާނަން،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ދިވެހި ބަހަށް ދަރިވަރުންގެ ހިތުގައި ލޯބި އަށަގަންނުވައި ދިވެހި ބަހަށް ފަރިތަކުރުމަަކީ ތައުލީމީ ނިޒާމްގެ ތެރެއިން ކުރަންޖެހޭ ކަމެއް ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ދައުރުގައި ދަރިވަރުން ދިވެހި ބަހަށް ފަރިތަކުރުމަކީ ހާއްސަ އިސްކަމެއް ދެއްވާނެ ކަމެއް ކަމަށް ރަައީސް ސާލިޙު ވިދާޅުވިއެެވެ.

މިޖަލްސާގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ދެވަނަ ދަައުރެއްގައި ކޮލަމާފުއްޓަށް ކޮށްދެއްވާނެ ބައެއް ކަންކަން ހާމަކުރަށްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އަންނަ ދައުރުގައި ކޮލަމާފުށީގައި ހައުސިން ޔުނިޓް އަޅުއްވާނެ ކަމަށެވެ. އަދި ރަށުގެ ހުޅަނގު ފަރާތު އުދަ އަރާ ސަރަހައްދު ހިމާޔަތްކޮށް ރިވެޓްމަންޓް ޖަހައި އެތަން ރައްކާތެރި ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެރަށުގެ އައިސްޕްލާންޓުގެ ކެޕޭސިޓީ ބޮޑުކޮށް ކޯލްޑް ސްޓޯރޭޖް ގާއިމްކުރަށްވާނެ ކަމަށެވެ. އަދި އެރަށުގެ ހެލްތު ސެންޓަރު އަޕްގްރޭޑްކޮށް މިނީ ހޮސްޕިޓަލަކަށް ބަދަލުކުރައްވާނެ ކަަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން