އަހުމަދު މަސްނޫމް   11 އޯގަސްޓު 2023 - 1:31
ލ. ކައްދޫ އެއަރޕޯރޓްގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް، ފާތުމަތު ޝާނާ ފާރޫޤެވެ.

ލ. ކައްދޫ އެއަރޕޯޓަކީ ހައްދުންމަތީގެ 11 ރަށެއްގެ 17902 ރައްޔިތުން އެ ތަނަކަށް ބަރޯސާވަމުން އަންނަ މުހިންމު ވައިގެ ބަނދަރެކެވެ. މި އެއަރޕޯޓަކީ މުޅި ހައްދުންމަތީގެ ތަރައްޤީއާއި ގުޅިފައިވާތަނެކެވެ. އެހެންކަމުން، މިއަދު ސޮއެކުރެވިގެން މިދިޔަ މަޝްރޫޢުގެ ދަށުން ކައްދޫއަށް ބިން އިތުރުވެގެން ދިޔުމާއެކު، މުސްތަޤުބަލުގައި ކައްދޫ އެއަރޕޯޓް އިތުރަށް ތަރައްޤީކޮށް

ފުޅާކުރުމަށް މަގިފަހިވެގެންދާނެއެވެ. އަދި، އެކަމުގެ ސަބަބުން ހައްދުންމަތީގެ ރައްޔިތުންނަށް އިތުރު ލުއިފަސޭހަތަކަކާއި އިޖްތިމާޢީ އަދި އިޤްތިޞާދީ ކަންކަމުގައި ފަހި ފުރުޞަތުތަކެއް ލިބިގެންދާނެއެވެ.



މި މަޝްރޫޢުގެ ދަށުން، ސޭންޑް ސަރޗް ސަރވޭއެއް ހެދުމާއި، 56.40 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 4334 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަކީ 360.90 މިލިއަން ރުފިޔާއަށް 600 ދުވަސް ތެރޭ ނިންމުމަށް މިކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހުއެވެ. ވޭތުވެދިޔަ 42 އަހަރުތެރޭ އެމްޓީސީސީން ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގާ ކާމިޔާބުކަމާއިއެކު ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން