ވައުދުތައް ފުއްދިފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައިކަމަށާއި، ދެންވެސް ވައުދުތައް ފުއްދޭނީ އެމަނިކުފާނުގެ ވެރިކަމުގައިކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ ވިދާޅުވީ މި ސަރުކާރުން ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އަޅައިދޭން ވައުދުވުމުން އެއީ ނުވާނެކަމެއްކަމަށް ބައެއް ފަރާތްތަކުން ބުނިކަމަށެވެ. ނަމަވެސް މިއަދު ފެނާއި ނަރުދަމާގެ މަސައްކަތް ނުފެށޭ ރަށެއް ރާއްޖޭގައި ނެތްކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ މިއަދު އެތައް ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ނިމި ރައްޔިތުންނަށް މިހާރު ދަނީ ސާފު ފެނާއި ނަރުދަމާގެ ޚިދުމަތް ލިބެމުންކަމަށެވެ.



ރޮޒައިނާ ވިދާޅުވީ ވައުދުވި ކަންކަން ފުއްދިފައިވަނީވެސް ރައީސް ސާލިހަށްކަމަށާއި އަދި ދެންވެސް ވައުދުތައް ފުއްދޭނީ ރައީސް ސާލިހަށްކަމަށެވެ.

ރައީސް ސާލިހުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު މަސައްކަތަކީ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ހިދުމަތް ޤާއިމްކުރުމެވެ. އެ ވައުދު ފުއްދެވުމަށް ކުރާ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާކަމަށް ސަަރުކާރުން ބުނެއެވެ. އަދި ރައީސް ސާލިހު މިހާރު ކުރިއަށް ގެންދާ ކެމްޕެއިން ދަތުުރުތަކުގެ ތެރެއިން ދަނީ މި ސަރުކާރުން ޤާއިމްކުރި ފެނާއި ނަރުދަމާގެ ހިދުމަތްތައް އިފްތިތާހު ކޮށްދެއްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން