ސަރުކާރުން ތަރައްޤީކުރާ ޖޫނިއަރ ކޮލެޖްގެ ޑިޒައިނެއް
ސަރުކާރުން ތަރައްޤީކުރާ ޖޫނިއަރ ކޮލެޖްގެ ޑިޒައިނެއް
ނ. ވެލިދޫ ޖޫނިއަރ ކޮލެޖް މަޝްރޫޢު ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ފަރާތުން ސޮއިކުރެއްވ،ީ މިނިސްޓަރ، ޑރ. އިބްރާހިމް ހަސަންއެވެ.

މި މަޝްރޫޢުގެ ދަށުނ،ް 10,276 އަކަ ފޫޓުގެ ސަރަޙައްދެއްގައި 2 ކްލާސް ރޫމާއ،ި 1 އައިސީޓީ ލެބާއ،ި 1 ލައިބްރަރީއާއި 2 ވޯރކްޝޮޕް އިމާރާތް ކުރުމުގެ މަސައްކަތް ހިމެނެއެވެ.

ވެލިދޫގައި އެކަށީގެންވާ އާބާދީއެއް އޮތުމާއެކު ތަޢުލީމް ހާސިލް ކުރަމުންދާ ބޮޑު އާބާދީއެއްވެސް އޮވެއެވެ. މިއަދު ސޮއިކުރެވޭ ނ. ވެލިދޫ ޖޫނިއަރ ކޮލެޖް މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު ރަށުގައި ތިބެގެން ކިޔެވުމުގެ ފުރުޞަތު އެތަކެއް ޒުވާނުންނަކަށް ފަހިވެގެން ދާނެއެވެ. އަދި މިކަމުގެ ސަބަބުނ،ް ރަށުގެ އުފެއްދުންތެރިކަން އިތުރުވ،ެ ތަޢުލީމީ ޤާބިލު ޒުވާން ޖީލެއް އުފެދިގެންދާނެކަމަށް ސަރުކާރުން ދެކެއެވެ.

މި މަޝްރޫޢަކީ 11.91 މިލިއަން ރުފިޔާއަށް 270 ދުވަސް ތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.

ސަރުކާރުން މިހާރުވެސް ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖޫނިއަރ ކޮލެޖްތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދަވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން