އިދިކޮޅު ޕީޕިއެމްގެ ގިނަބަޔަކު އެމްޑީޕީއާއި ގުޅެމުންދާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހްގެ ތަރުޖަމާނު އަދި ޑިފެންސް މިނިސްޓަރު އަލްއުސްތާޒާ މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެއެެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހުގެ ސްޕޯކްސްޕާސަން މާރިޔާ އަޙުމަދު ދީދީ ވިދާޅުވީ އެމްޑީޕީއަކީ ހުރިހާ ފަރާތްތަކަށް ވެސް މަރުހަބާ ކިޔާނެ ޕާޓީއެއް ކަަމަށެވެ. އެގޮތުން ޕީޕިއެމްގެ ގިނަ ބަޔަކު ވެސް މިހާރު އެމްޑީޕީއާއި ގުޅެމުން އަންނަކަމަށް މާރިޔާ ވިދާޅުވިއެވެ.

"އެމްޑީޕީއަކީ އަބަދުވެސް ރައްޔިތުންނަށް މަރުހަބާ ކިޔާ ބައެއް، އެމްޑީޕީއަށް ދުވަހަކުވެސް ނޫނެކޭ އެއްވެސް ރައްޔިތަކަށް ބުނެފައެއް ނޯންނާނެ، މިހާރު ވެސް ޕީޕިއެމް ކިތަންމެ ބޭފުޅުންނެއް އަންނަނީ އަޅުގަނޑުމެންނާއި ގުޅެމުން، އެހެންވީމަ އަޅުގަނޑުމެންނަކީ އަބަދުވެސް ރައްޔިތުންނަށް މަރުހަބާ ކިޔާނެ ބަޔެއް،" މާރިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން މާރިޔާ ވިދާޅުވީ އެމްޑީޕީން ވަކިވެގެން ދިޔަ ބޭފުޅުންވެސް އަލުން ޕާޓީއާއި ގުޅުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެކަމަނާ ވިދާޅުވީ ފާހަގަކުރެވޭ އަދަދަށް އެމްޑީޕީން މެންބަރުން ކެނޑޭކަން ފާހަގަނުކުރެވޭ ކަމަށެވެ. އަދި އެކަތިގަނޑެއްގެ ގޮތުގައި އޮތް އެމްޑީޕީން ބޮޑުތަނުން ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން