އަހުމަދު މަސްނޫމް   11 އޯގަސްޓު 2023 - 3:24
އިނގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ފަލާހު އަނެއްކާވެސް ޕީޕީއެމްއަށް ސޮއިކޮށްފިއެވެ.

ފަލާހު ޕީޕީއެމްއަށް ސޮއިކޮށްފައިވަނީ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް މާލޭގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.

ރައީސް ޔާމީންގެ ވެރިކަން ނިމުމާއެކުހެން ފަލާހު ވަނީ ޕީޕީއެމްއިން ވަކިވެ، ޖުމްހޫރީ ޕާޓީއަށް 2019 ވަނަ އަހަރު ސޮއިކޮށްފައެވެ.

ޕީޕީއެމްއާ އަލުން ގުޅުމަށްފަހު ފަލާހު ބުނީ ޕީޕީއެމް ދޫކޮށް ދިއުމަކީ އޭނާއަށް ކުރެވުނު ވަރަށް ބޮޑު ކުށެއް ކަމަށެވެ. އަދި އެ ކަމަށް އެ ޕާޓީގެ ލީޑަރު ޔާމީން އަބްދުލްގައްޔޫމްއާއި ހުރިހާ ސަޕޯޓަރުންގެ ކިބައިން މައާފަށް އެދޭކަމަށް ފަލާހު މިރޭ ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން