ރާއްޖޭގެ މަސްވެރިކަން ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ދޭ 54 މިލިއަން ޑޮލަރުގެ އެހީއަށް ކުރިމަތިލުމަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ރަައީސް އިބްރާހިމް މުޙައްމަދު ސޯލިޙް މިރޭ ވިދާޅުވެއްޖެއެވެ.

ގއ. ވިލިނގިލީގައި މިރޭ ބޭއްވި އުފާވެރި އަމާން ރާއްޖެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވީ މަސްވެރިކަން ތަރައްގީ ކުރުމަށް ފިޝަރީޒް މިނިސްޓްރީއިން ވޯލްޑް ބޭންކާއެކުގައި ކުރެވުނު މަޝްވަރާތަކުގެ އަލީގައި 54 މިލިއަން ޑޮލަރުގެ ގްރާންޓެއް ދިނުމަށް ވޯލްޑް ބޭންކުން ނިންމާފައިވާކަމަށެވެ. އެގޮތުން ގއ، ގދ، ޏ، އަދި ސ އަތޮޅުގައި މަސްވެރިކަން ކުރާ އަމިއްލަ ފަރާތްތަކުން އެހީ ހޯދުމަށް އެދުމަށް ފިޝަރީޒް މިނިސްޓްރީއިން ވަރަށް އަވަހަށް އިޢުލާންކުރާނެކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދެކުނުގެ ސަރަހައްދުގައި މަސް ބަންދުކުރުމަށް ދެ ކޭނިންގ ފެކްޓްރީ ހެދުމަށް ޕްލޭން ކުރެވިފައިވާކަމަށެވެ.

މީގެ އިތުރުން އިނގިރޭސިވިލާތާއި މިހާރު ކުރެވެމުންދާ މަޝްވަރާތަކުގެ އަލީގައި ދިވެހިރާއްޖެއިން އެގައުމަށް އިމްޕޯޓްކުރާ މަހުން ނަގާ 24 އިންސައްތަ ޑިއުޓީ އުނިކުރެވި މަސްވެރިން ބާނާ މަހަށް ރަނގަޅު އަގެއް ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން