ރާއްޖޭގެ އިންޓަނެޓްގެ އަގުބޮޑުވެ ސްޕީޑް ދަށްވެގެން ރައްޔިތުން ޝަކުވާ ކުރާ އަޑެއް މިހާރު ނީވޭ ކަމަށް އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިހެން ވިދާޅުވީ އިންޓަނެޓު އަގު ހެޔޮ ކުރުމުގެ މަސައްކަތުގެ ދަށުން ސަރުކާރުން އިންވެސްޓުކޮށްގެން ގެނައި "އިންޑިއާ އޭޝިއާ އެކްސްޕްރެސް" (އައިއޭއެކްސް) ސަބްމެރިން ކޭބަލް ހުޅުމާލެއަށް އެއްގަންކޮށް، ކޭބަލް ލޭންޑިން ގުޅާލުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެެވެ. މިރަސްމިއްޔާތުގައި ވާހަަކަ ދައްކަވަމުން އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ އިންޓަނެޓް އަގުހެއު ކުރަން މި ސަރުކާރުން ވައުދުވުމުން އެއީ ނުވާނެ ކަމެއް ކަމަށް އިދިިކޮޅު ފަރާތްތަކުން ބުނަމުންދާ ކަމަށާއި އެހެން ނަމަވެސް އިންޓަނެޓްގެ އަގު މި ސަރުކާރުން ހެއުކޮށްފަައިވާ ކަމަށެވެ. އަދި މީގެ ދެއަހަރު ކުރިން ރައްޔިތުން ތިބީ ޝޯޝަލް މީޑިޔާ އަށް ވަންނަން ޖެހިލުންވާ ހިސާބުގައި ކަމަށާއި އެގޮތުން އިންޓަނެޓްގެ އަގުބޮޑުވެ ސްޕީޑް ދަށްވެ ރައްޔިތުން އެތައް ޝަކުވާ އެއް ކުރަމުންދިޔަ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"މިހާރު އެ އަޑެއްނީވޭ ހަމަ އެއްގޮތަކަށްވެސް، އެއްގޮތަކަށްވެސް ނީވޭ، އަގުބޮޑުވެގެން އުޅޭ ވާހަކަ އެއް ވެސް ނީވޭ ސްޕީޑްގެ ވާހަކައެއް ވެސް ނީވޭ އެވައުދު ފުއްދުމަށްފަހު މިހާރު އަޅުގަނޑުމެން މި ކުރާކަމަކީ އިންޓަނެޓްގެ ސްޕީޑް މިހާރަށްވުރެ ވެސް އަގު ހެޔޮވުމާއި ކުރިއަށް އޮތް މުސްތަގުބަލުގައި ދިވެހިރާއްޖޭގެ އިގްތިސާދު ފުޅާވެގެން ދާއިރު ރާއްޖޭގެ ހާއްސަކޮށް ޒުވާނުން އިގްތިސާދީގޮތުން ކުރިއަރައި ދިޔުމަށްޓަކައި ވަރަށް ތަނަވަސް މަގުތަކެއް ފުޅާވެގެންދިޔުން،" ފައްޔާޒު ވިދާޅުވިއެވެ

މީގެ އިތުރުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ، އިންޑިއާ އޭޝިއާއެކްސްޕްރެސް" (އައިއޭއެކްސް) ސަބްމެރިން ކޭބަލް ހުޅުމާލެއަށް އެއްގަންކޮށް، ކޭބަލް ލޭންޑިން ގުޅާލަންޖެހޭކަން ފާހަގަކުރެވުނީ އިންޓަނެޓުގެ އަގު ހެޔޮ ކުރަން ދިރާސާ ކުރިއިރުގައި ކަމަށެވެ. އެ ދިރާސާއިން ފާހަގަކުރެވުނު އަނެއް ކަމަކީ އިންޓަނެޓު ގަންނަން ރާއްޖޭގެ އިންޓަނެޓް ސާވިސް ޕްރޮވައިޑަރުން ބޮޑު ހަރަދެއް ކުރަން ޖެހޭ ކަމެވެ.

އައު ކޭބަލާ އެކީ ދިރާގާއި އުރީދޫ ފަދަ ތަންތަނުން ބޭރުގެ ސާވިސް ޕްރޮވައިޑަރުން އަތުން އިންޓަނެޓު ގަންނަން ކުރާ ހޭދަ 50 ޕަސެންޓު ހެޔޮ ކުރެވޭނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން