ރާއްޖެ ބައިނަލްއަޤުވާމީ ފައިބަރ ކޭބަލްއާ ގުޅައިލުމާއެކު މުއާސަލާތީ ހިދުމަތްތަކަށް ރައްޔިތުން ކުރާ ހޭދަ ބޮޑުތަނުން ކުޑަވެ ސްޕީޑު ދެގުނަ ހަލުވި ވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އޯޝަން ކަނެކްޓު މޯލްޑިވްސް (އޯސީއެމް) އާ ހަވާލުކޮށްގެން ބައިނަލްއަގްވާމީ ސަބްމެރިން ކޭބަލްގެ ވިއުގައާ ރާއްޖެ ގުޅާލުމަށް ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، އެ މަޝްރޫއުގެ ސަބަބުން މުއާސަލާތީ ހިދުމަތްތަކަށް ރައްޔިތުން ކުރާ ހޭދަ ބޮޑުތަނުން ދަށް ކުރެވޭ ކަމަށެވެ. އަދި އެމަޝްރޫއާ އެކު އިންޓަނެޓް ސްޕީޑު ދެ ގުނަ ހަލުވި ވާނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އާ ސަބްމެރިން ކޭބަލާއެކު ޑިޖިޓަލް ދުނިޔޭގައި ދިވެހިންނަށް ފައިހަމަކުރަން މަގުފަހިވެގެންދާނެ  ކަމަށެވެ. ރައީސް ވިދާޅުވީ އެމަޝްރޫއާއެކު އެމީހަކު ހުރި ރަށަކުން ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ދިނުމަށް ސަރުކާރުން ކުރާ މަސައްކަތަށް ވެސް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ. އަދި އާބާދީ ކިތަންމެ ކުޑަޔަސް، އެ ކުއްޖަކު ދިރިއުޅޭ ރަށެއްގައި ހުރެގެން ކިޔެވުމުގެ ފުރުޞަތު ހޯދައިދިނުމަށް ސަރުކާރުން ހިންގާ ސެޓެލައިޓް ސްކޫލްތައް، މިހާރަށްވުރެ މާ ފުރިހަމައަށް ކުރިއަށް ގެންދެވޭނެކަން ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.

"އަޅުގަނޑުމެންގެ ކޭބަލް ވިއުގައާ ގުޅުމުން ހިދުމަތް ދިނުމަށް ކުރާ ހޭދަ އެތައް ގުނައެއް ކުޑަ ވާނެ. އޭރުން ރައްޔިތުންގެ ޖީބަށް ލުއި އަދި މިހާރަށް ވުރެ ދެގުނަ ހަލުވި ސްޕީޑުގައި އިންޓަނެޓުގެ ހިދުމަތް ދެވޭނެ." ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން