އެމްޑީޕީގެ 2018 ވަނަ އަހަރު ތައްޔާރުކުރި މެނިފެސްޓޯ ތަންފީޒުކުރުމުގައި ގޯހުން ދިޔައީ ކޮންކަމެއްތޯ ވިދާޅުވެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރަނިންމޭޓް މުހައްމަދު އަސްލަމް ސުވާލުކުރަށްވައިފިއެވެ.

އެމްޑީޕީގެ އުފާވެރި އަމާން ރާއްޖެ ކެމްޕެއިންގެ ފަރާތުން ހުޅުމާލޭގެ ރައްޔިތުންނަށް ހާއްސަކޮށް މިއަދު ހަވީރު ބޭއްވި ހަރަކާތެއްގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރަނިންމޭޓް މުހައްމަދު އަސްލަމް ވިދާޅުވީ، އެމްޑީޕީން 2018 ވަނަ އަހަރު ނިކުތީ ޖަޒީރާ ރާއްޖެ މެނިފެސްޓޯ އަކާއި އެކު ކަމަށެވެ. އެގޮތުން މި ސަރުކާރުން އެމްޑީޕީގެ ޖަޒީރާ ރާއްޖެ މެނިފެސްޓޯ ތަންފީޒުކޮށްފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ. އެ މެނިފެސްޓޯ ތަންފީޒު ކުރުމުގައި ގޯހުން ދިޔައީ ކޮންކަމެއްތޯ ވިދާޅުވެ އަސްލަމް ވަނީ ސުވާލު ކުރަށްވާފައެވެ.

" ޖަޒީރާ ރާއްޖެ އަކަށް ބޭނުންވާ ކަންކަން ރައީސް ފުރިހަމަ ކޮށްދެއްވަމުން އެގެންދެވީ، އޭގެތެރެއިން ސުވާލަކީ ކޮންކަމެއްތޯ ގޯހުން ދިޔައީ މަގުތަށް ހެދުން އެއީ ގޯހެއްތޯ އޭ ބަނދަރުތަށް ހެދުން އެއީ ގޯހެއްތޯ އޭ އެއާޕޯޓް ތަށް އެޅުން ގޯހެއްތޯ އޭ ސުކޫލުގެ ކްލާސްރޫމްތަށް އިތުރުކޮށްދިނުން އެއީ ގޯހެއްތޯ އޭ ފުޓުބޯޅަ ކުޅޭނެ ދަނޑުތަކާއި ވޮލީ ކުޅޭނެ ދަނޑުތަކާއި ކުޅިވަރު ކުޅޭނެ ތަންތަން ހެދުން އެއީ ގޯހެއްތޯ އޭ މަލްޓި ޕާޕަސް ހޯލް ތަށް އެޅުން ގޯހެއްތޯ އޭ މި ލިސްޓް އިންތިހާ އަށް ދިގު، އެއީ ރައްޔިތުންނަށް ބޭނުންވެފައިވާ ޒަރޫރީ ކަންކަން އެކިކަންކޮޅުތަކުގައި އެ ގާއިމް ކޮށްދެނީ،" އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް ވިދާޅުވިއެވެ.

މީގެ އިތުރުން އަސްލަމް ވިދާޅުވީ، ރާއްޖޭގެ ރަށްރަށުގައި އަސާސީ ޚިދުމަތް ގާއިމްކޮށް ތަރައްގީ ކުރުމަކީ މާލެ އަށް ވެސް ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށެވެ. ރައްޔިތުންނަށް އުފާވެރި އަމާން ރާއްޖެ އެއްގައި ދިރިއުޅުމުގެ ފުރުސަތު ލިބޭނީ ހަމައެކަނި ރައީސް ސޯލިހްގެ ވެރިކަމުގައި ކަމަށް އަސްލަމް ވިދާޅުވިއެވެ. އަސްލަމް ވިދާޅުވީ މާލެ އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށާއި، އެމައްސަލަ މި މިސަރުކާރުން ހައްލުކޮށްދެއްވާނެ ކަމަށެވެ.

"މާލޭގެ ބޯހިޔާވަހިކަމަށް މިގެނެވޭ އިންގިލާބީ ބަދަލަކީ ތިބޭފުޅުންގެ ތި ބޭނުމަށް ހަގީގީ އަސްލު ހައްލު، ވޭތުވެދިޔަ 40 އަހަރުގައި ރާއްޖޭގެ އެހެނިހެން ސަރުކާރުތަކަށް މާލެ އިން ގޯތި ދޭނެ ހިތްވަރެއް އޮތީ ނުފެނިފައި އެހެން ނަމަވެސް ރައީސް ސޯލިހްގެ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ގޯތި ދެވޭނެ ގޮތް އެ ވަނީ ހަމަޖައްސަވާފަ، އިރާދަކުރެއްވިޔާ ދާދި އަވަހަށް އެދަތި އުދަނގޫ ކަމަށް ހައްލެއް ލިބިގެންދާނެ" އަސްލަމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން