ތުލުސްދޫ, މިލަންދޫ, ވެލިދޫ އަދި ފުނަދޫގައި ހޮސްޕިޓަލް އަޅަން ބޭނުންވާ ބިން ހަވާލުކޮށްފިއެވެ.

މި ހަތަރު ރަށެއްގައި ތަރައްޤީކުރާ ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައިވަނީ ކުވެއިތު ފަންޑުގެ އެހީގެ ދަށުންނެވެ.

މި 4 ރަށުގެ ތެރެއިން ތުލުސްދޫއާއި މިލަންދޫއާއި ވެލިދޫގެ ހޮސްޕިޓަލް ތަރައްޤީކުރުމަށް ހަވާލުކުރައްވާފައިވަނީ އާނަންޑް ބިލްޑް ޓެކް ޕްރައިވެޓް ލިމިޓެޑާއެވެ.



މިރަށްރަށުގައި ތަރައްޤީކުރަނީ 30 އެނދުގެ ހޮސްޕިޓަލްތަކެވެ. މި 3 ހޮސްޕިޓަލްގެ މަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ މިއަހަރުގެ މެއިމަހުގެ ތެރޭގައި ދޮޅުއަހަރުގެ ތެރޭގައި މަސައްކަތް ނިންމާ ސަރުކާރާއި ހަވާލުކުރާގޮތަށެވެ.

ބިން ހަވާލުކުރި ފުނަދޫގެ ހޮސްޕިޓަލް ތަރައްޤީކުރަނީ އިންޑިޔާގެ ކުންފުންޏެއް ކަމަށްވާ ސިޓްރަމަސް ހެވީ އިންޑަސްޓްރީސް އިން ޖޭވީ ވިތު ފްލެޒިންކް ޕްރައިވެޓް ލިމިޓެޑުންނެވެ. މިމަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ މިދިޔަ ޖުލައިމަހުގެ ތެރޭގައި 135 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ދޮޅު އަހަރުގެ ތެރޭގައި ނިންމާގޮތަށެވެ.



ހޮސްޕިޓަލް ނެތް ރަށްރަށުގައި ހޮސްޕިޓަލް ތަރައްޤީކުރުމުގެ އިތުރުން 5 ސަރަޙައްދެއްގައި ޓަރޝަރީ ހޮސްޕިޓަލް ތަރައްޤީކުރުމަކީވެސް ސަރުކާރުގެ މުހިއްމު އަމާޒެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން