މޯލްޑިވްސް އިންޓަރގްރޭޓަޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރާއީދު، ވެރިކަންކުރާ އެމްޑީޕީއަށް ސޮއިކޮށްފިއެވެ.

ރާއިދަކީ ކުރީގެ ރައީސް މައުމޫން އުފެއްދި އެމްއާރުއެމްގެ ކައުންސިލް މެމްބަރެކެވެ. އަދި އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމަށް ރާއީދު އައްޔަންކޮށްފައި ވަނީ މި ވެރިކަމުގައެވެ.

ރާއިދު އެމްޑީޕީއަށް ސޮއިކުރުމަށްފަހު އޭނާގެ މެމްބަރޝިޕް ފޯމާއި މިއަދު ހަވާލުވެވަޑައިގަތީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުއެވެ.



މި ރަސްމިއްޔާތުގައި ރާއިދުގެ އިތުރުން ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ގދ. ތިނަދޫ ކައުންސިލަށް އިންތިހާބުވި ހަސަން ޒާލިފްވެސް ވަނީ އެމްޑީޕީއަށް ސޮއިކޮށްފައެވެ.

ޒާލިފްގެ އިތުރުން ލ. ކުނަހަންދޫ ކައުންސިލްގެ ރައީސް އިސްމާއިލް ޝަކީބާއި ރ.ރަސްގެތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރު ހައުލާ އަބްދުލްޤަނީވެސް ވަނީ މިއަދު އެމްޑީޕީއަށް ސޮއިކޮށްފައެވެ. އެ ބޭފުޅުންގެ ފޯމާއިވެސް ހަވާލުވެވަޑައިގެންނެވީ ރައީސް ސާލިހެވެ.

އެމްޑީޕީއަށް އަލަށް ގުޅުނު މެމްބަރުންގެ ފޯމްތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން