ޕީޕީއެމްގެ ރިޔާސީ ޓިކެޓް ނުލިބިގެން ޕާޓީން ވަކިވެވަޑައިގެންނެވި ކުރީގެ ރައީސް، ޑރ. މުހައްމަދު ވަހީދު ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމާއި ބައްދަލުކުރެއްވުމަށް މާމިގިއްޔަށް ވަޑައިގެންފިއެވެ.

ޑރ. ވަހީދު މާމިގިއްޔަށް ވަޑައިގެންނެވީ މިރޭގެ ވަގުތެއްގައެވެ. ވަހީދުގެ އަރިހުގައި އެމަނިކުފާނުގެ ދަރިކަލުން ޖެފްރީ ސާލިމް ވަހީދުވެސް ވަޑައިގެންނެވިއެވެ.

މާމިގިލީ އެއާޕޯޓުން ރައީސް ވަހީދަށް މަރުހަބާ ދެންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްއެވެ.

ޑރ. ވަހީދު، ޖުމްހޫރީ ޕާޓީގެ ލީޑަރާއި ބައްދަލު ކުރައްވަނީ ކޮންކަމާއި މަޝްވަރާކުރައްވަންކަމެއް ޔަގީނެއް ނޫނެވެ.



މިހާތަނަށް ފެނިފައިވާ މަންޒަރަށް ބަލާއިރު ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމާއި ބައްދަލުކުރެއްވުމަށް މާމިގިއްޔަށް ވަޑައިގެންނެވި ގިނަ ވަކިވަކި ފަރުދުން ވަނީ ގާސިމަށް ތާއީދުކުރެއްވުމަށް ނިންމަވާފައެވެ.

މައުލޫމާތު އެނގޭ ފަރާތްތަކުން ބުނާގޮތުން ގާސިމަށް ތާއީދުކުރަން ނިންމަވާފައިވާކަން ވަހީދު ވަރަށް އަވަހަށް އިއުލާންކުރައްވާނެއެވެ.

ޑރ. ވަހީދު ޕީޕީއެމުން ވަކިވިކަން އިއުލާންކުރައްވާފައިވަނީވެސް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމާއެކު ބޭއްވި ބައްދަލުކުރެއްވުމަށްފަހުއެވެ. ޕީޕީއެމުން ވަކިވި ސަބަބެއްކަމަށް ވަހީދު ވިދާޅުވީ ރިޔާސީ އިންތިހާބަށް އެ ޕާޓީން ކެނޑިޑޭޓެއް ނުނެރުއްވުމެވެ.

ޕީޕީއެމުން ކެންޑިޑޭޓެއް ނުނެރިގެން ވަހީދު ޕާޓީން ވަކިވެވަޑައިގެންނެވިނަމަވެސް، ޕީޕީއެމް ޕީއެންސީން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓެއްގެ ގޮތުގައި މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވާދަކުރައްވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން