ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ޖަލުގައި 1000 ދުވަސް ހަމަކުރުމާއި ގުޅިގެން އެކަން ފާހަގަކުރުމަށް ޕީޕީއެމުން ސައިކަލް ބުރެއް ބާއްވަން ނިންމައިފިއެވެ.

ޕީޕީއެމުން ބުނީ ސައިކަލް ބުރު ބާއްވަނީ ރައީސް ޔާމީން ނުހައްގުން ޖަލުގައި ގައިދުކޮށްފައިވާތާ 1000 ދުވަސް ހަމަވުމުން އެކަމާއި ދެކޮޅަށް އަޑު އުފުލުމަށްކަމަށެވެ. އަދި މިއީ ޒުވާނުންގެ ސައިކަލު ބުރެއްކަމަށްވެސް ޕީޕީއެމުން ބުނެއެވެ.

ޕީޕީއެމް އޮފީސް ދޮރުމަތިން ފަށާ މި ސައިކަލް ބުރު ފަށާނީ ހޮނިހިރު ދުވަހު ހަވީރު 04:00 ޖަހާއިރު ކަމަށްވެސް ޕީޕީއެމުން ބުނެއެވެ.



އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ރައީސް ޔާމީނަށް ފުރަތަމަ ހުކުމް އިއްވީ ނޮވެމްބަރު 28، 2019 ގައެވެ. އަދި 2021 ވަނަ އަހަރުގެ ނޮވެންބަރުމަހު ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށްފައެވެ. ނަމަވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ވ.އާރަށް ކުއްޔަށް ދިން މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ފަންސާސް ދެ މިލިއަށް ރުފިޔާގެ ޖޫރިމަނާކުރުމަށް މިދިޔަ އަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހު ވަނީ ހުކުމްކޮށްފައެވެ. ނަމަވެސް އިސްތިއުބާފު ކޮށްފައިވާ އެ ހުކުމާއި މެދު ހައިކޯޓުން ވަކިގޮތެއް އަދި ނުނިންމަވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން