އަހުމަދު އިބްރާހިމް   12 އޯގަސްޓު 2023 - 14:35
އަންނަ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިހާރު އަތޮޅުތަކަށް ކުރައްވަމުން ދާ ދަތުރުފުޅުތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ނ. އަތޮޅަށް ފުރާވަޑައިގަންނަވައިފިއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޖުމުލަ 13 ރަށަކަށް ވަޑައިގަންނަވާނެކަމަށް މަޢުލޫމާތުލިބެއެވެ. އަދި މިދަތުރުފުޅުގައި ރައީސް ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ކުރެއްވުމުގެ އިތުރުން ސަރުކާރުން އެރަށްރަށުގައި ކުރިއަށް ގެންދެވި އެކިއެކި މަޝްރޫއުތަކުގެ ތެރެއިން މިހާރު ނިމިފައިވާ ބައެއް މަޝްރޫޢުތަކުގެ ޚިދުމަތް އިފްތިތާހުކޮށްދެއްވާނެއެވެ.

މިރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި އެންމެ ފުރަތަމަ އޮންނަނީ ކޮންމެ ރަށެއްގައި ބަނދަރުމަތީގައި ބާއްވާ ބައްދަލުވުމެވެ. މިބައްދަލުވުމުގައި ރައީސް ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި ހާލުއަހުވާލު އައްސަވައި ހައްދަވައެވެ. އަދި ރައްޔިތުންނަށް ދަތިވެފައިވާ ކަންމަމާއި ރައްޔިތުންގެ ޝަކުވާ ސީދާ އަޑުއައްސަވައެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދަތުރުފުޅުތަކުގައި މިހާތަނަށް ރައީސްވަނީ ށ. އަތޮޅާއި، ކ. އަތޮޅާއި ވ. އަތޮޅާއި ހއ. އަތޮޅާއި، ހދ.އަތޮޅާއި މ. އަތޮޅާއި ގދ. އަތޮޅާއި ގއ.އަތޮޅާއި ފުވައްމުލައް އަދި އައްޑޫ ސިޓީއަށް ވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން