މި ސަރުކާރުން ވާ ހުރިހާ ވައުދުތައް ފުއްދުމަށް ބޭރުގެ ބޭންކުތަކުންވެސް ފައިސާ ދިނުމަށް އޮތީ ތައްޔާރަށް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ކެމްޕެއިންގައި ނ. އަތޮޅަށް ވަޑައިގެން އެ އަތޮޅު ކެނދިކުޅުދޫގައި އުފާވެރި އަމާން ރާއްޖެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވީ، ރާއްޖޭގެ ބޭރުގެ ބޭންކުތަކުގެ އިތުބާރު ސަރުކާރަށް އެބައޮތް ކަމަށެވެ.

ރައީސް ވަނީ ބޭރުގެ ބޭންކު ތަކުން ފައިސާ ލިބޭނެ މަގުތަނަވަސް ވެގެންދިޔައީ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމްގެ ސަބަބުންކަން ފާހަގަކުރަށްވާފައެވެ. ރައީސް ވިދާޅުވީ އޭނާ އަކީ ސަރުކާރު ކޯލިޝަނަށް ލިބުނު ވަރަށް ބޮޑު އެސެޓެއް ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ކެމްޕެއިން ފެށިފަހުން ބޭރުގެ އެކި ފަރާތްތަކާއިއެކު ބައްދަލު ކުރަށްވައި މައުލޫމާތު ހިއްސާކުރެއްވި ކަމަށާއި ކޯލިޝަން ޕާޓްނަރަކީ ސިޔާމް ކަމަށް ވިދާޅުވުމުން އެކަމާ ބޭރުގެ އެކި ފަރާތްތަކުން ތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި ކަމަށް ރައީސް ވިދާޅުވިއެވެ.

ކުރިއަށް އޮތް ތަނުގައި ރާއްޖެއަށް ދޭންޖެހޭ ފައިސާ ދިނުމުގައި އެއްވެސް ދައްޗެއް ނޯންނާނެ ކަމުގެ ޔަގީންކަން އެ ފަރާތްތަކުން ދީފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން