އަންނަ ދައުރުގައި ހިންގާ ޕްރޮޖެކްޓްތަކަށް ފައިސާ ވަނީ ހަމަޖެހިފައިކަމަށް އެމްޑިޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ނ.އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ކެނދިކުޅުދޫއަށް ވަޑައިގެން އެރަށު ބަނދަރު ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޞާލިޙު ވިދާޅުވީ އަންނަ ދައުރުގައިވެސް ތަރައްގީގެ ބިޔަ މަޝްރޫއުތަކެއް ހިންގެވުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި އެ މަޝްރޫޢުތަކާއެކު އިގްތިސާދަށް އިންގިލާބީ ބަދަލުތަކެއް އަންނާނެކަމަށެވެ.



ރައީސް ސާލިހު ވިދާޅުވީ އަންނަ ދައުރަށްވެސް ގިނަ މަޝްރޫއޫތަކެއް ހިންގެވުމަށް ޕްލޭންކޮށްފައިވާކަމަށާއި، އަދި އެކަމަށް ބޭނުންވާ ފައިނޭންސްވެސް ހަމަޖެހެމުންދާކަމަށެވެ. އެގޮތުން ބައެއް ފަރާތްތަކުން ޕްރޮޖެކްޓްތަކަށް ފައިސާ ދޭނެކަން މިހާރުވެސް ޔަގީންކޮށްދެއްވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ އެމްޑީޕީ، އަދާލަތު އަދި އެމްޑީއޭ ކޯލިޝަނަކީ ހަމައެކަނި ރައްޔިތުންގެ މަންފާއަށް މަސައްކަތް ކުރާނެ ކޯލިޝަނެއްކަމަށެވެ.

ރައީސް ނ.އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ވަނީ އެ އަތޮޅުގައި ކުރިއަށް ގެންގޮސްފައިވާ ތަރައްގީގެ މަޝްރޫއުތައް އިފްތިތާހުކޮށްފައެވެ. އަދި ކުރިއަށް އޮތް ދައުރުގެ ތެރޭގައި އެ އަތޮޅުގައި ހިންގާނެ މަޝްރޫއުތައްވެސް ވަނީ އިއުލާންކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން