ކުރީގެ ރައީސް ޑރ. މުހައްމަދު ވަޙީދު ހަސަން މަނިކާއި ކުރީގެ ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފިއެވެ.

ޑރ. ވަހީދާއި ޑރ. ޝައިނީ ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވީ މިރޭ މާމިގިލީގައި ބޭއްވި ޖުމްހޫރީ ޕާޓީގެ ޖަލްސާއެއްގައެވެ. ޑރ. ވަހީދުގެ ޖުމްހޫރީ ޕާޓީއަށް ސޮއިކުރުމަށްފަހު އޭނާގެ ފޯމް ހަވާލުކޮށްފައިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހީމާއެވެ.

ޑރ. ވަހީދުގެ އިތުރުން، ރައީސް ޔާމީންގެ ވެރިކަމުގައި ފިޝަރީޒް މިނިސްޓަރުކަމުގެ މަޤާމު އަދާކުރެއްވި ޑރ. މުހައްމަދު ޝައިނީވެސް ވަނީ ޖުމްހޫރީ ޕާޓީޢަށް ސޮއިކޮށްފައެވެ.



ޑރ. ވަހީދާއި ޑރ.ޝައިނީގެ އިތުރުން، ޑރ. ވަހީދުގެ ދަރިކަލުން އަދި ކުރީގެ ޑެޕިއުޓީ އެމްބެސެޑަރ ޖެފްރީ ސާލިމް ވަހީދާއި ސަރުކާރާއި ދައުލަތަށް ގިނަ ހިދުމަތްތަކެއް ކުރެއްވި ކުރީގެ ސްޓޭޓް މިނިސްޓާރ ޑރ. މުހައްމަދު އަލީވެސް ވަނީ ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން