ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ދައުލަތުގެ އެންމެ މަތިވެރި އިއްޒަތް ހައްޤުވާކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އޮނަރަބަލް ގާސިމް އިބްރާޙިމް މިހެން ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިން ރަސްމީކޮށް ފެއްޓެވުމަށް އދ.މާމިގިލީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ގާސިމް ވިދާޅުވީ ޑރ. ވަހީދަކީ ރާއްޖެ ވަރަށް ނާޒުކު ދަނޑިވަޅަކަށްދިޔަ ވަގުތު ޤައުމުގެ ޒައާމަތާއި ހަވާލުވެ، ޤައުމީ ޙިދުމަތުގެ ފުރިހަމަ މިސާލެއް ދައްކަވާ، ރާއްޖެ ނުރައްކަލަކަށް ނުވެއްޓި ސަލާމަތްކޮށްދެއްވި ބޭފުޅެއްކަމަށެވެ.

"މިއަދު ރާއްޖޭގައި މިއޮތް އިޤްތިޞާދު، އިޖްތިމާއީ އަދާލަތު ހަމައަކަށް އެޅުވުމަށްޓަކައި ދިމާވި ވަރަށް ބޮޑު ހަލަބޮލިކަމެއްގެ ތެރޭގައި ނައިބު ރައީސަކަށް ހުންނަވާފައި ރައީސްކަމަށް ވަޑައިގެން، އެ ލިބިވަޑައިގަރް ފުރުސަތުގެ ތެރޭގައި މިނިވަންކަން ނަގަހައްޓާއި، ދަމަހައްޓަވައި ދެއްވި ޤައުމީ ބަތަލެއް، ނިޝާން ޣާޒީގެ އިއްޒަތުގެ ޝަރަފު ހައްޤުވާ ބޭފުޅެއްކަން ކަށަވަރު" ގާސިމް ވިދާޅުވިއެވެ.



ރާއްޖޭގެ އަމާންކަމާއި އިޤްތިޞާދީ މިިނިވަންކަން އޭގެ މައްޗަށް ބިނާވެފައިވާ ބައިނަލްއަޤްވާމީ އެއަރޕޯޓް ދިވެހިންގެ އަތުން ބީވެގެން ގޮސްފައި ނުވަނީ ޑރ. ވަހީދު ކުރެއްވި ބުރަ މަސައްކަތުގެ ސަބަބުންކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

މި ޖަލްސާގައި ގާސިމް ވަނީ ޑރ. ވަަހީދުގެ ދަރިކަލުން ޖެފްރީ ސާލިމް ވަހީދު ޖުމްހޫރީ ޕާޓީއަށް ގުޅިވަޑައިގެންނެވީތީ އޭނާއަށްވެސް މަރުހަބާ ދަންނަވާފައެވެ. އަދި ޖެފްރީފަދަ ތައުލީމީ އަދި ޤައުމަށް ހިދުމަތްތެރި ޒުވާނެއް ޖުމްހޫރީ ޕާޓީއަށް ގުޅިގެން ދިއުމަކީ ޕާޓީއަށް ލިބިގެންދާނެ ކުރިއެރުމެއްގެ ގޮތުގައި ގާސިމް ސިފަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން