ޕީޕީއެމްގެ ރިޔާސީ ކެނޑިޑަސީ ވަނީ މާ ކުޑަކުޑަ ޕާޓީއަކުން ޖަހައިގަނެގެން ގޮސްފައިކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓްގެ ރަނިންމޭޓް ޑރ. އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.

އަމީން މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެމްޕޭން ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އަމީން ވިދާޅުވީ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދު ﷲ ޔާމީނަށް އިންސާފު ހޯދައިދޭނީ ޖުމްހޫރީ ޕާޓީންކަމަށެވެ.



އަމީން ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް އަރުވާފައިވާ ރައީސް ޔާމީންގެ ކެނޑިޑަސީ މާ ކުޑަ ޕާޓީއަކުން ޖަހައިގަނެގެން ގޮސްފައިވާކަމަށެވެ. ނަމަވެސް އެއީ ކޮން ބޭފުޅެއްކަމެއް ނުވަތަ ކޮން ޕާޓީއެއްކަމެެއް އަމީން ވިދާޅެއްނުވެއެވެ.

އަމީން ވިދާޅުވީ ރައީސް ޔާމީންގެ އަރިހުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅުން މިއަދު އެ ތިއްބެވީ މަގުމަތިވެފައިކަމަށެވެ.

"އެ ހުރިހާ ބޭފުޅުންނަށް، ޖުމްހޫރީ ޕާޓީއަށް އަޅުގަނޑުމެން ދައުވަތު އަރުވަން. ރައީސް ޔާމީން ހިމާޔަތްކޮށްދޭނީ، އިންސާފު ހޯދައިދޭނީ ވެސް ޖުމްހޫރީ ޕާޓީން" އަމީން ވިދާޅުވިއެވެ.

އަމީން ވާހަކަފުޅުގައި ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމަށް އިބްރާހީމަށް ތާއީދުކުރަންޖެހޭ ސަބަބުތަކަކަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ޖުމްހޫރީ ޕާޓީން އެކުލަވާފައިވާ މެނިފެސްޓޯއާ ގުޅޭގޮތުންވެސް އަމީން ވާހަކަފުޅު ދެއްކެވިއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން