ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރަން ނިންމާފައިވާކަމަށް ދެކެވޭ ވާހަކަތައް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ދޮގުކޮށްފިއެވެ.



މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މިހެން ބުނެފައި މިވަނީ ރައީސް ޔާމީން ގެއަށް ބަދަލުކުރުމަށް ނިންމާފައިވާކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެނެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު، ވިދާޅުވީ ‏ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ގެޔަށް ބަދަލުކުރިކަމަށް ބައެއް މީޑިއާތަކުން ބުނަމުންދާކަމަށާއި ނަމަވެސް އެއީ ސައްހަ މަޢުލޫމާތެއް ނޫންކަމަށެވެ.

ޔާމީން ގެއަށް ދޫކޮށްލިކަމަށް ބުނެ ވާހަކަ ފެތުރިފައި މިވަނީ ވ. އާރަށު މައްސަލާގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމުގެ ޖޫރިމަނާއާގުޅޭ ބައިގެ ހުކުމް ތަންފީޒުކުރުން ފަސްކޮށް، ޖަލު ހުކުމް ފަސްކުރެވެން ނެތްކަމަށް ހައި ކޯޓުން ޢަމުރުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ހައިކޯޓުން މިގޮތަށް ޢަމުރުކޮށްފައިވަނީ، ރައީސް ޔާމީން ތަންފީޒްކުރައްވަމުން ގެންދަވާ 11 އަހަރުގެ ޖަލު ޙުކުމާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރި މައްސަލައިގެ އިސްތިއުނާފް ނިމެންދެން، އެހުކުމް ތަންފީޒްކުރުން ފަސްކޮށްދިނުމުގެ ޢަމުރަކަށް އެދިވަޑައިގަތުމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން